Sunday, 26 July 2026
Ads by

ފެކްޓް ޗެކް: ކައުންސިލް އިންތިޚާބަށް ރިކޯޑް ސާފުކުރަން 2 މަސްދުވަސް ދިން!

ފެކްޓް ޗެކް: ކައުންސިލް އިންތިޚާބަށް ރިކޯޑް ސާފުކުރަން 2 މަސްދުވަސް ދިން!

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިޚާބަށް އިލެކްޝަން ކޮމިޝަނުން ތައްޔާރުވާން ފެށީ ކުއްލިއަކަށް ނޫނެވެ. އެކަމުގެ މަސައްކަތް ދުރާލާ ފަށައިގެން އެކޮމިޝަނުން ކުރިއަށް ގެންދާއިރު، އެ މަސައްކަތްތަކުގެ އަދާހަމަތައްވެސް ދިޔައީ ހިއްސާކުރަމުންނެވެ.

Ad Image
Ads by

މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު 17 ޖެނުއަރީ އިން 1 ފެބްރުއަރީގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އިދިކޮޅު އެމްޑީޕީގެ ކަންބޮޑުވުމަކަށްވީ މި މުއްދަތު ކުޑަވެ، ކުށުގެ ރިކޯޑް ސާފުކުރުމަށް އެކަށީގެންވާ ވަގުތު ނުލިބުމެވެ.

”މި އިންތިޚާބަށް ކުށުގެ ރިކޯޑު ސާފުކުރުމަށްޓަކައި މަސައްކަތް ކުރާއިރުގައި އެ ގުޅުން ހުރި މުއައްސަސާތަކުން ޚާއްސަކޮށް ކަރެކްޝަނަލް ސާރވިސްއާއި ޖުޑީޝަލް ސާރވިސުން އަޅުގަނޑުމެންނަށް އިންތިހާއަށް ލަސްއެބަވޭ. އެތަންތަން މި އިންތިޚާބަށް ތައްޔާރުވެފައި އޮތްކަމަށް ލަފައެއް ނުކުރެވޭ. ވާން ޖެހޭ ތައްޔާރީތައް ވެފައޮތްކަމަކަށް ނުބެލެވޭ. އޭގެ ކޮންމެ ތަނަކުންވެސް ފޯމެއް ހުށަހެޅުމަށްފަހުގަ 3 ދުވަސް 4 ދުވަސް ނޫނީ 5 ދުވަސް އެބަވޭ. އަޅުގަނޑުމެންނަށް އިންތިޚާބަށް ފޯމު ލުމަށްޓަކައި މިއޮތީ 16 ދުވަހުގެ މުއްދަތެއް ދީފައި އޮތްކަމަށްވާއިރުގަ، 4 ދުވަސް 5 ދުވަސް އަޅުގަނޑުމެން މި ކުށުގެ ރިކޯޑް ސާފުކުރުމަށް ދޫކޮށްފައި ދެން ބާކީ މިއޮތް ދުވަސްތަކުގެ ތެރޭ އިލެކްޝަންސްއަށް ފޯމު ހުށަހަޅާއިރުގަ އިލެކްޝަނުން މިހާރު އީފަސް މެދުވެރިކޮށް ހުށަހަޅާއިރުގަ ކޮންމެސް ކަހަލަ މައްސަލައެއް ދިމާވެއްޖެއްޔާ އަޅުގަނޑުމެންނަށް އެފޯމް ރިޖެކްޓްވެއްޖެ ކަމަށް އެބައަންގާ.“ މިއީ ބުދަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި އިންތިހާބަށް އެ ޕާޓީއިން ހަމަޖައްސާފައިވާ ތަރުޖަމާން އަބްދުﷲ ވަހީދު ފާޅުކުރެއްވި ކަންބޮޑުވުމެވެ.

 

ނަމަވެސް މި ވާހަކަތަކުގެ ފަސްފަހަތަށް ނަޒަރު ހިންގާލާއިރު، 04 ޑިސެންބަރު 2025 ގައި އިލެކްޝަން ކޮމިޝަނުން އާންމުކުރި އިޢުލާނުގައި ވަނީ އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ހިމެނޭ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފުރުސަތު ދުރާލާ ދީފައެވެ.

 ”2025 ޑިސެންބަރު 1 ގެ ފަހުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރި ފޯމު އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރި ފޯމު ބަލައިގަތުމަށް ކޮމިޝަނުންވަނީ ނިންމާފައެވެ. ވީމާ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އިސްވެ ދެންނެވިފައިވާ ގޮތަށް، ކުށާއި ދަރަނީގެ ރެކޯޑު ދުރާލާ ސާފުކުރުމުގެ ކަންކަން މިއަދުން ފެށިގެން ކުރިޔަށް ގެންދިޔުމަށް ދަންނަވަމެވެ.“ އިލެކްޝަން ކޮމިޝަންގެ އިޢުލާން ނަންބަރު (IUL)38-AC/38/2025/234 ގައި ވެއެވެ.

އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ މެމްބަރަކު ހޮވުމަށްޓަކައި އެޕާޓީގެ ޕްރައިމެރީ ބޭއްވީ 16 ޖެނުއަރީ 2026 ގައެވެ. އެއީ އީސީއިން އިންތިހާބަށް އިއުލާނު ކުރުމުގެ އެއްދުވަސް ކުރިންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި