Ads by
ޚަބަރު
ފުނަދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރަނީ އިލްހާމް

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ކުރީގެ މެމްބަރު އިލްހާމް އަހުމަދު އެމްޑީޕީގެ ޓިކެޓުގައި ށ. ފުނަދޫ ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފިއެވެ.

Ads by Eki Online

މަޖިލިހުގެ ފުނަދޫ ދާއިރާ ތަމްސީލް ކުރައްވާ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝާހިދު ވެސް ތާއީދު ކުރައްވަނީ އިލްހާމަށެވެ. ޝާހިދު ވަނީ މިފަހަރުގެ މަޖިލިހުގެ އިންތިހާބުގައި އެއްވެސް ދާއިރާއަކަށް ކުރިމަތިނުލެއްވުމަށް ނިންމަވައިފައެވެ.

އިލްހާމް ވަނީ މީގެ ކުރިން ދެ ދައުރެއްގައި މަޖިލިސް މެމްބަރުކަން ކުރައްވައިފައެވެ. އެގޮތުން 17 ވަނަ މަޖިލިހުގައި އިލްހާމް ވަނީ ޑީއާރުޕީގެ ޓިކެޓުގައި ގެމަނަފުށީ ދާއިރާގެ މެމްބަރު ކަން ކުރައްވައިފައެވެ. އޭގެ ފަހުން، 18 ވަނަ މަޖިލިހުގައި އިލްހާމް ވަނީ ޕީޕީއެމްގެ ޓިކެޓުގައި ނުކުންނަވައި ދަނގެތި ދާއިރާގެ މެމްބަރުކަން ކުރައްވައިފައެވެ. އޭނާ ވަނީ 2016 ވަނަ އަހަރު މަޖިލިހުގެ އެންމެ މުހިންމު އެއް ކޮމިޓީ ކަމަށްވާ އިގްތިސާދީ ކޮމިޓީގެ މުގައްރިރުކަން ކުރައްވައިފައެވެ.

އިލްހާމް ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރުގެ މަގާމާއި, އެމަނިކުފާނުގެ ސްޕެޝަން އެންވޯއީކަން ވެސް ކުރައްވައިފަ އެވެ. މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އިލްހާމް ތާއީދު ކުރެއްވީ ގާސިމް އިބްރާހިމަށެވެ. ނަމަވެސް، އިންތިހާބުގެ ދެވަނަ ބުރުގައި އިލްހާމް ތާއީދު ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. އިންތިހާބުގެ ދެ ވަނަ ބުރުގެ ވަކި ހިސާބަކުން އިލްހާމް އެމްޑީޕީ އަށް ވަނީ ސޮއި ކުރައްވައިފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *