Ads by
ޚަބަރު
މަޖިލީހުގައި ނެތް ބަޔަކު ލައިގެން މެންބަރުންގެ އަދަދު ގުނުމަކީ ބުއްދި ހަމަޖެހޭ ކަމެއް ނޫން: ރޮޒައިނާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ކޯރަމް ކުރިން ވެސް ގުނަމުން އައި ގޮތަށް، މިހާރު ހުސްވެފައިވާ މަޖިލީހުގެ ދާއިރާތަކުގެ ގޮނޑިތައް ވެސް ހިމަނައިގެން ގުނަން ސުޕްރީމް ކޯޓުން ނެރުނު އަމުރު ބޯހަމަނުޖެހޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

Ads by Eki Online

މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ޖަލްސާގައި މަޖިލިސް ރައީސް ވަނީ މި މައްސަލައިގައި މެންބަރުން ދެކިވަޑައިގަންނަވާ ގޮތް ހާމަކުރައްވަން ފުރުސަތު ދެއްވައިފައެވެ.

މި ބަހުސްގައި ރޮޒައިނާ ވިދާޅުވީ, މަޖިލީހުގައި ނެތް ބަޔަކު ލައިގެން ބޯ ގުނުމަކީ ބުއްދި ހަމަނުޖެހޭ ކަމެއް ކަމަށާއި ކޮމިޓީތަކާއި ބަހުސް އަދި ވޯޓުގައި ބައިވެރިނުވެވޭ ބަޔަކު ހިމަނައިގެން ޖުމްލަ އަދަދު ގުނަން ޖެހުމަކީ މީހުން މަރުވުމުން ވެސް އެ މީހުން ހިމެނުން ކަހަލަ ކަމެއްކަމަށެވެ.

އަޅުގަނޑު ދެކޭގޮތުގައި މި ވަގުތު މި މަޖިލީހުގެ އަދަދު ކަމަށް މަޖިލީހުގައި ނެތް ބަޔަކު ލައިގެން ގުނުމަކީ ބުއްދި ހަމަޖެހޭ ކަމެއް ނޫން، މިތަނުގައި ގޮނޑިތަކަކަށް އިންތިހާބު ބަޔަކު ނުކުރެވޭ ހާލަތެއްގައި ގޮނޑިތަކެއް ހުސްވެފައި މިވަނީ. އެހެންވީމާ ކިހިނެއްތޯ މި ވަގުތު އެ މީހުން ލައިގެން އަޅުގަނޑުމެން މިތާނގައި މަޖިލިސް ކުރިއަށް ގެންދަވާ ކަމަށް ވަންޏާ ވޯޓު ގަޑީގައިވެސް އެ ގޮނޑިތަކުގައި ކޮންމެވެސް ބަޔަކު ތިބެން ޖެހޭނެ. އަދަދު ހަމަކުރަންވެސް ކޮންމެވެސް ބަޔަކު އެ ގޮނޑިތަކުގައި ތިބެން ޖެހޭނެ. އަދި ބަހުސް ކުރަންވެސް އެ ގޮނޑިތަކުގައި ކޮންމެވެސް ބަޔަކު ތިބެން ޖެޙޭނެ.

– ރޮޒައިނާ

ރޮޒައިނާ އިތުރަށް ވިދާޅުވީ, މިގޮތަށް އަމަލުކުރާނަމަ ރޯދަ މަހު ކަދުރު ބަހާއިރު ގޭގޭގައި މަރުވެފައި ތިބި މީހުން ވެސް ލައިގެން ބަހަން ޖެހޭނެ ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ދޮންކޮ2 ހަފްތާ ކުރިން

މިސާލަކަށް މާދަމާ ސަރުކާރުން އިދިކޮޅު މެމްބަރުން ކުށެއްގެ ބޮލު އަޅުވާފަ ހައްޔަރުކޮށއ ގާނޫނަށް ހިތުހުރި ބަދަލެއް ގެނެސް މެމްބަރުން ވަކިކޮށް ހުސް ޕީއެންސީ މެމްބަރުން ލައިގެން މަޖިލީސް ހަމަކުރިޔަސް ހަމަ ސައްހަވާނެބާ

0
0
އަހުމަދު2 ހަފްތާ ކުރިން

ވަގުތާ ހާލަތު ނިޔާކުރާ ގޮތުން އަންނަ ހުސްކަމެއްގެ ނާޖާއިޒު ފައިދާ ނެގުމަކީވެސް ބުއްދީގެ ހަމަތަކުން ބަލާއިރު ހުއްދަކުރެވޭނޭ ކަމެއްނޫން.

0
0