Ads by
ޚަބަރު
ރޯދަމަހުގެ ފަހުން އިންތިހާބު ބާއްވަން ފާސްކޮށްފި

އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބާއްވަން ތާވަލްކޮށްފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

Ads by Eki Online

މި އިސްލާހު މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެންބަރުން ވަނީ ފެންނަ ކަމަށް ވޯޓު ދެއްވައިފައެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވެވީ 5 މެންބަރުންނެވެ.

މީގެ އިތުރުން އޭގެ އިތުރުން، ވޯޓު ކަރުދާހުގައި ކެންޑިޑޭޓާ ދިމާލުގައި ސައްހަ ފާހަގައެއް ޖަހާފައިވާ ނަމަ، އެއީ ރަނގަޅު ވޯޓެއްގެ ގޮތުގައި ބެލުމަށް ވެސް ފާސްކޮށްފައިވެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާންކޮށްފައިވާ ގޮތުން، މަޖިލީހުގެ މި އަހަރުގެ އިންތިހާބު ބާއްވާނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް، އެއީ ރޯދަ މަހުގެ ފުރަތަމަ ހަފުތާ ކަމަށް ވާތީ، އެ ދުވަސްވަރު އިންތިހާބު ނުބޭއްވުމަށް ކަމާގުޅޭ ފަރާތްތަކުން ވަނީ ހުށަހަޅައިފައެވެ.

މިއާއިއެކު، ރޯދައިގެ ތެރޭގައި އިންތިހާބު ނުބޭއްވޭ ގޮތަށް އެމްޑީޕީގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވަނީ އިސްލާހު ހުށަހަޅުއްވައިފައެވެ. އެކަން ދިރާސާކުރަން އެކުލަވައިލި ވަގުތީ ކޮމިޓީން ފާސްކުރީ އިންތިހާބު ބާއްވާ ތާރީހު ރޯދަ މަހަކާ ދިމާވާނަމަ، އެ އިންތިހާބު ބާއްވަން ޖެހޭނީ ރޯދަ ނިމޭތާ 10 ދުވަސް ފަހުން ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *