Ads by
ޚަބަރު
ތިލަމާލެ ބުރިޖުގެ 33 އިންސައްތަ މަސައްކަތް ނިމިއްޖެ

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާ ގްރޭޓަމާލެ ކަނެކްޓިވިޓީ ބްރިޖްގެ 33 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

Ads by Eki Online

އަދި އެ މަސައްކަތް ކުރިއަށްދަނީ ތަވާލުކޮށްފައި އޮތް ވަރަށްވުރެ ހަލުވިކޮށް ކަމަށް ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. އެ މިނިސްޓްރީގެ ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންނާއި އިންޖިނިއަރިން ޓީމު މިއަދު ވަނީ، ބްރިޖު މަޝްރޫއުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވަން އެ ސަރަހައްދަށް ވަޑައިގެންފައެވެ.

ސްޓޭޓް މިނިސްޓަރ އިބްރާހީމް ތޯއާމް ވިދާޅުވީ ބުރިޖުގެ ޕައިލިންގ މަސައްކަތުގެ 54 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށާއި އަދި މުޅި މަޝްރޫޢުގެ 33 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި މަޝްރޫޢުގެ މަސައްކަތް މިހާރު ހުރީ ތާވަލާއި އަޅާބަލާއިރު 1.2 އިންސައްތަ ކުރީގައިކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ތިލަމާލޭ ބުރިޖުގެ މަސައްކަތް 2025ގެ ނިޔަލަށް ނުވަތަ 2026ގެ ކުރީކޮޅު ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ. ހަތަރު ސަރަޙައްދެއް ގުޅުވާލާ، ޖުމްލަ 6.7 ކިލޯމީޓަރުގެ މިބްރިޖު ތަރައްޤީކުރުމަށް 7 ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ހޭދަކުރެއެވެ.

މިސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުވަނީ ބުރިޖުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެ. އަދި މިމަސައްކަތް ކުރިއަށްދަނީ ވަރަށް ލަސްކޮށްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވެފައިވަނީ މަސައްކަތް އަވަސްކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *