Ads by
ޚަބަރު
1 ދުވަސްތެރޭ ރާއްޖެއަށް 8،900 އަށް ވުރެ ގިނަ ފަތުރުވެރިން
ފޮޓޯ: މީސް މީޑިޔާ

މި މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް 8,900 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނެފިއެވެ.

Ads by Eki Online

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފެބްރުއަރީ 3 ވަނަ ދުވަހު ޖުމްލަ 8،900 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

މީގެ ކުރިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ދުވަހުގެ ގޮތުގައި ރެކޯޑު ކޮށްފައިވަނީ 23 ޑިސެމްބަރު 2023 ގައެވެ. އެ ދުވަހު 8،054 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 28،305 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. 2 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިޓްލީއިންނެވެ. އެއީ 23،749 ފަތުރުވެރިންނެވެ. 3 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން 23،399 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.

ސަރުކާރުން އަމާޒުހިފާފައިވަނީ މި އަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *