Ads by
ޚަބަރު
އަލްހާންގެ ޕޮންޒީ ސްކީމުން ގެއްލުންވި 2 މީހަކަށް ފައިސާ ދޭން ހުކުމްކޮށްފި
ފޮޓޯ: މީސް މީޑިޔާ

“އޮންލައިން ޓްރޭޑިން”ގެ ނަމުގައި އަލްހާން ފަހުމީ ހިންގި ޕޮންޒީ ސްކީމުން ގެއްލުންވި އިތުރު 2 މީހަކަށް ފައިސާ ދޭން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

Ads by Eki Online

ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ، އަލްހާންގެ ޕޮންޒީ ސްކީމުން ގެއްލުން ލިބުނު އެކަކަށް 800,000 ލައްކައެއްހާ ރުފިހާ އަދި އަނެއް ފަރާތަށް 250،000 ރުފިޔާ ދިނުމަށެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމް ޕޮންޒީ ސްކީމުން ލަނޑު ލިލުބު 2 މީހަކަށް މިލިއަނެއްހާ ރުފިޔާ ދެއްކުމަށް ހުކުމް ކޮށްފައިވާއިރު ފާއިތުވި އަހަރުގެ މޭ މަހުވެސް އަލްހާންގެ ކުންފުންޏަށްވަނީ ޕޮންޒީ ސްކީމުން ގެއްލުންވި ފަރާތަކަށް 90،000 ރުފިޔާ ދެެއްކުމަށް ހުކުމް ކޮށްފައެވެ.

ފުލުހުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި އަލްހާންގެ ޕޮންޒީ ސްކީމުންވަނީ 1684 މީހެއް އަތުން. 98 މިލިއަނެއްހާ ރުފިޔާ އިންވެސްޓު ކުރުމުގެ ނަމުގައި، އަނބުރާ ދައްކާގޮތަށް ނަގާފައި ކަމުގައެވެ.

ރާއްޖޭގައި ބޮޑު ފްރޯޑެއް ހިންގާކަމުގެ ތުހުމަތުގައި އަލްހާން ފަހުމީގެ މައްސަލަ ތަހުގީގުކޮށް އަދި ކުންފުނީގެ އެކައުންޓް ފްރީޒްކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގައެވެ. އޭރު ފްރީޒްކޮށްފައިވަނީ އަލްހާން ފަހުމީގެ “ކިންގްސް ފޮރެކްސް ޓްރޭޑިން”ގެ އެކައުންޓެވެ. ރާއްޖޭގައި ޕޮންޒީ ސްކީމެއް ހިންގާ ކަމަށް ބުނެ އެމްއެމްއޭއިން ވަނީ އާންމުގެ ސަމާލުކަމަށްވެސް އޭރު އެ މައްސަލަ ގެނެސްފައެވެ. މިއީ ގިނަ ބައެއްގެ އަތުން ފައިސާ ހޯދައި، އިން އިންވެސްޓުކޮށް، ވަކި މުއްދަތެއްގެ ތެރޭގައި އެ ފައިސާ ދޭނެ ކަމަށް ބުނެ ހިންގި ސްކީމެކެވެ.

މި މައްސަލާގައި އަލްހާންގެ އިތުރުން ގިނަ ދައުވާތަކެއް ކޮށް ކޯޓަށް މައްސަލަ ފޮނުވާފައިވަނީ އަލްހާންގެ ދެ ކޮއްކޮއިން ކަމަށްވާ ޝަހުބާން ފަހުމީ އާއި ޝަޒުބާން ފަހުމީގެ މައްޗަށެވެ.ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ އެއިން ކޮންމެ މީހެއްގެ މައްޗަށްވެސް ޓެކުމުގެ 13 ދައުވާއެއްކޮށް މައްސަލަ ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *