Saturday, 24 October 2026
Ads by

ޖެނުއަރީ 24 ގެ ނިޔަލަށް މިފްކޯއަށް މަސްކިރުވި ދޯނިތަކަށް 1.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

ޖެނުއަރީ 24 ގެ ނިޔަލަށް މިފްކޯއަށް މަސްކިރުވި ދޯނިތަކަށް 1.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

މަސްދޯނިފަހަރުން 24 ޖަނަވަރީ 2026 ގެ ނިޔަލަށް މިފްކޯ އަށް މަސްކިރުވި ދޯނިތަކަށް 1.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.

Ad Image
Ads by

މީގެ ތެރޭގައި މިފްކޯއަށް ކިރުވާ ކަންނެލީގެ ފައިސާ ވެސް ހިމެނެއެވެ. މިފައިސާ ޖަމާކޮށްފައިވަނީ 26 ޖަނަވަރީ 2026 ވަނަ ދުވަހުއެވެ. ކަޅުބިލަމަހާއި ކަންނެލި މަސްދޯނިތައް ހިމެނޭހެން ޖުމްލަ 56 ދޯންޏަކުން ކިރުވި މަހަށް 1،361،613.62 ރުފިޔާ ވަނީ ދޫކޮށްފައެވެ.

މިފްކޯއިން ފައިސާ ދޫކުރި ގޮތުގެ ތަފްސީލަށް ބަލާއިރު، 30 މަސްދޯންޏަކުން ކިރުވި ކަޅުބިލަ މަހަށްވާ 1،170،125.62 ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި 16 ދޯންޏަކުން ކިރުވި ކަންނެލި (10 ކިލޯއިން މަތި) މަހަށްވާ 147،585 ރުފިޔާ އާއި 10 ދޯންޏަކުން ކިރުވި ކަންނެލި ( 15ކިލޯއިން މަތި) މަހަށްވާ 43،630.00 ރުފިޔާ ދޫކޮށްފައިވެއެވެ.

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުހަނު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު ސިޔާސަތެކެވެ. މީގެއިތުރަށް މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމާއި، ފައިސާ ދޫކުރުމުގެ އިންތިޒާމުތައް ހަރުދަނާކޮށް ހަލުވިކުރުމަކީވެސް ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި