Wednesday, 9 September 2026
Ads by

ސަރުކާރުން ދެއްވާ ރޯދަ ހަދިޔާ، އަތޮޅުތެރޭގެ ރަށްތަކަށް ފޮނުވަން ފަށައިފި

ސަރުކާރުން ދެއްވާ ރޯދަ ހަދިޔާ، އަތޮޅުތެރޭގެ ރަށްތަކަށް ފޮނުވަން ފަށައިފި

މަސްދަޅު ކޭސް އަތޮޅުތެރޭގެ ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ސިޓީސް މިނިސްޓްރީން ކުރަނީ--- ފޮޓޯ: ސިޓީން މިނިސްޓްރީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ދިވެހި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް އަތޮޅު ތެރޭގެ ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ސިޓީސް މިނިސްޓްރީން ފަށައިފިއެވެ.

Ad Image
Ads by

އަތޮޅު ތެރޭގެ ރަށްތަކަށް މަސްދަޅު ކޭސްތައް ފޮނުވުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ސްޓޭޓް ޓްރެޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށެވެ.

ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މާލެ ސަރަޙައްދުގައި މަސްދަޅު ކޭސްތައް ބަހަން ފަށާފައި ވަނީ މި ހިނގާ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. މި މަސައްކަތް ކުރިއަށް ދަނީ މިނިސްޓްރީއާ، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިތުރުން ދިވެހި ސިފައިންނާ، ފުލުހުންގެ ވެސް އެހީތެރިކަމާއެކުގައެވެ.

“ދިވެހިރާއްޖޭގެ އަޑުން“ މިއަދު ހެނދުނު ގެނެސްދިން “އަދުގެ ރާއްޖެ“ ޕްރޮގްރާމްގައި ސިޓީސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛު ޔޫސުފް ޢަބްދުލްޣަފޫރު ވިދާޅުވީ، އިއްޔެއިން ފެށިގެން އަތޮޅު ތެރޭގެ ރަށްތަކަށް ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅު ކޭސްތައް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ޔޫސުފް ވިދާޅުވީ ބެހުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސްތައް، ބެހުމަށް ފަހިވާ ގޮތަށް މިހާރުވެސް ހުރީ އެކި ސަރަޙައްދުތަކުގައި ގުދަން ކުރެވިފައިވާ ކަމަށެވެ. އެ ތަންތަނުން ރަށްތަކަށް މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

“އިއްޔެއިން ފެށިގެން ބައެއް ރަށަށް ފޮނުވަން ފަށާފައިވަނީ. މިއަދާ އަދި މާދަމާ ވެސް މަސްދަޅު ކޭސްތައް ރަށްރަށަށް ފޮނުވާނެ. އަދި މާދަމާ އިން ފެށިގެން އަތޮޅުތަކަށް ފުލްކޮށް ގެންދިޔުމުގެ މަސައްކަތް ފެށޭނެ،“— ސްޓޭޓް މިނިސްޓަރު ޔޫސުފް ވިދާޅުވިއެވެ.

ރަށްތަކުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ. މި އަހަރު ރޯދަ ހަދިޔާ ބެހުމަށް އެކުލަވައިލި ގޭބިސީ ލިސްޓުގައިވާ ގޮތުން ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ ޢަދަދަކީ 56,918 އެވެ. ޑޮމެސްޓިކް މީޓަރުގެ ޢަދަދަކީ 61,755 އެވެ. މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ޖުމުލަ 118,673 މަސްދަޅު ކޭސް ބެހިގެންދާނެއެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ކިޔޫގައި ނުޖެހި މަސްދަޅު ކޭސް ނެގުމުގެ އިންތިޒާމްތައް ވަނީ ހަމަޖެހިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި