Ads by
ޚަބަރު
ރައްޔިތުންގެ މަޖިލިސް އިންތިޚާބު ރޯދައިގެ ފަހުން ބާއްވަން ކޮމިޓީން ފާސްކޮށްފި

ރޯދަ މަހު އިންތިހާބުތައް ނުބޭއްވޭ ގޮތަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި އިސްލާހު، އެގޮތަށް ފާސްކުރަން އެ މައްސަލަ ދިރާސާކުރަން އެކުލަވައިލި ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީން މިއަދު ނިންމައިފިއެވެ.

Ads by Eki Online

މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ކޮމިޓީގައި ބައިވެރިވެވަޑައިގެން މެންބަރުންގެ އިއްތިފާގުން އެމްޑީޕީން ހުށަހެޅި ގޮތަށް ރޯދަ މަސް ނިމި، 10 ދުވަސް ފަހުން އިންތިޚާބު ބޭއްވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ފާސްކޮށްފައެވެ.

އެ ކޮމިޓީގެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މެމްބަރު، އިމްތިޔާޒު ފަހުމީ ވިދާޅުވީ ކޮމިޓީން އެގޮތަށް ފާސް ކޮށްފައިވަނީ އީސީން ވެސް ހުށަހަޅާފައިވާ ބައެއް ކަންކަން ރަނގަޅު ކުރެއްވުމަށް ފަހު ކަމަށެވެ.

އެމްޑީޕީގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ބުނާ ގޮތުން އިންތިހާބު ބާއްވަންޖެހޭ ތާރީހު ރޯދަ މަހުގެ ދުވަހަކާ ދިމާވާ ނަމަ، އެ އިންތިހާބެއް ބާއްވަން ވާނީ ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުންނެވެ.

އެ ބިލާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވަނީ ރޯދައިގެ ފަހުން އިތުރު 10 ދުވަސް ވަންދެން މަޑު ކުރާނަމަ ގާނޫނުއަސާސީގައި ބުނާ މުއްދަތު ފަހަނަ އަޅައިދާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމަށް ވިދާޅުވެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *