Ads by
ޚަބަރު
މަގުމައްޗައް ވާ ގޮތަށް ހުރި ޕަންޕް ސްޓޭޝަން އެތަނުން ނަގަނީ

ބޮޑުތަކުރުފާނުމަގުގައި މަގުމައްޗަށް ބައެއް ވާގޮތަށް ބަހައްޓާފައިވާ ސްޓެލްކޯގެ ފިއުލް ޕަމްޕު ސްޓޭޝަން އެތަނުން ނަގައި، އެދިމާ ފަޅުން ބައެއް ހިއްކުމަށްފަހު، އެތަނުގައި އައު ފިއުލްޕަމްޕު ސްޓޭޝަނެއް ގާއިމް ކުރުމަށްޓަކައި ސްޓެލްކޯއާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Ads by Eki Online

ސްޓެލްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އެ ކުންފުނީގެ ނޭޖިން ޑިރެކްޓަރު ހުސެން ފަހުމީއެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދުއެވެ.

ފިއުލް ޕަމްޕު ސްޓޭޝަން އެތަނުން ނަގައި، އެދިމާ ފަޅުން ބައެއް ހިއްކުމަށްފަހު، އެތަނުގައި އައު ފިއުލްޕަމްޕު ސްޓޭޝަނެއް ގާއިމުކުރުމަށް 7.1 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ސްޓެލްކޯގެ އެމްޑީ ވިދާޅުވިއެވެ.

މި މަސައްކަތް ކުރާނީ މިހާރު ދެމުންދާ ހިދުމަތަށް އެއްވެސް ދަތިކަމެއް ނާންނަ ގޮތަށް ދުރައިލާ ޕްލޭންތަކެއް ރާވައިގެން ކަމަށްޗެސް އެމްޑީ ފަހުމީ ވިދާޅުވިއެވެ.

މި ޕަމްޕް ސްޓޭޝަނަކީ ސްޓެލްކޯގެ މާލޭ އިންޖީނުގޭގެ އިންޖީނުތަކަށް ތެޔޮ އަޅަން ބޭނުން ކުރާ ސްޓޭޝަނެކެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *