Ads by
ޚަބަރު
ދިވެހި މަސްދޯނިތަކަށް އިންޑިޔާ ސިފައިން އެރި މައްސަލާގައި ސަފީރު ހާޒިކުރަންޖެހޭ
ފޮޓޯ: މަޖިލިސް

ދިވެހި މަސްދޯނިތަކަށް އިންޑިއާގެ ކޯސްޓް ގާޑުން އެރި މައްސަލާގައި އެ ގައުމުގެ ސަފީރު ފޮރިން މިނިސްޓްރީއަށް ހާޒިރުނުކުރާތީ ކަންބޮޑުވެއްޖެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރާއްޖޭގެ ކަނޑުގެ އެންމެ އުތުރު ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ތިން ދޯންޏަކަށް އިންޑިއާގެ ސިފައިން ހަތިޔާރާ އެކު އެރި މައްސަލާގައި ޑިމޮކްރެޓްސް އަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވައިފައެވެ.

މެންބަރު ވަހީދު ހުށަހެޅުއްވި އެ ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ފެނިގެން މިދަނީ ސިޔާސީ ދެ ޕާޓީގެ ކޯޅުމުގެ ތެރެއިން ގައުމުގެ ރައްޔިތުންނަށް އަނިޔާވަމުންދާތަން މަންޒަރު ކަމަށާއި އެ ކޯޅުމުގެ ސަބަބުން ފިތެމުން މިދަނީ ރައްޔިތުންކަމަށެވެ.

އިންޑިއާގެ މައްސަލަތަކުގެ ވާހަކަ ދައްކާކަށް އިދިކޮޅު ފަރާތްތަކަށް ނުކުރޭކަމަށާއި ސަރުކާރަށް ޗައިނާގެ މައްސަލަތަކުގެ ވާހަކަ ދައްކާކަށް ނުކުރޭ ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

މިއަދުވެސް ހަމަ ހަމަޖެހިލާފައި މިތާ ފަހަތުގައި އިން އިންޑިއާ އެމްބެސެޑަރު. އެންމެން ސަލާންކޮށްފައި މިވަރެއް ނެތިގެން އުޅުނީ،

– މެންބަރު މުހައްމަދު ނަޝީދު

ސަރުކާރުން ވަނީ އެ މައްސަލައިގެ މައުލޫމާތު ލިއުމުން ދޭން އިންޑިއާ ސަރުކާރުގައި އެދިފައެވެ. ނަމަވެސް އަދި ޖަވާބެއް ލިބުންކަން ސަރުކާރުން ހާމައެއް ނުކުރެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *