Ads by
ޚަބަރު
ފްލެޓު ލިބުނު ގިނަ މީހުންގެ ޝަރުތު ހަމަ ނުވޭ: އޭސީސީ
ފޮޓޯ: މީސް މީޑިޔާ

ކުރީ ސަރުކާރުން އަޅަންފެށި “ގެދޮރުވެރިޔާ” ސްކީމްގެ ދަށުން ފުރަތަމަ ދޫކުރަން ނިންމާފައިވާ 4000 ފްލެޓު ލިބުނު މީހުންގެ ތެރެއިން ގިނަ މީހުންނަކީ ޝަރުތު ފުރިހަމަނުވާ މީހުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވިދާޅުވެއްޖެއެވެ.

Ads by Eki Online

އޭސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިހާތަނަށް ހިންގި ތަހުގީގުން މައްސަލަ ނެތް ފޯމުގެ ގޮތުގައި ފާހަގަކުރެވިފައިވަނީ %20.7 ފޯމުވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން ފުރަތަމަ ދޭން ނިންމި 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓު އާއްމު ކުރުމުން ގިނަ ޝަކުވާތަކެއް ހައުސިންގ މިނިސްޓްރީ އާއި އޭސީސީއަށް ވެސް ވަނީ ހުށަހަޅާފައެވެ. އޭސީސީއަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން އެ ކޮމިޝަނުން ވަނީ ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް މަޑުޖައްސާލަން އަންގާފައެވެ. ނަމަވެސް މިހާރު އެ އެންގުން ވަނީ ނިމުމަކަށް ގެނެސްފައެވެ.

އޭސީސީން ކުރިއަށްގެންދިޔަ ތަހުގީގާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އޭސީސީން ވިދާޅުވީ މި މައްސަލަ ބެލުމަށް 4،008 ފޯމުގެ މައުލޫމާތު ބަލާފައިވާނެ ކަމަށެވެ. އެ ފޯމުތައް ބަލައިގެން ހިންގި ތަހުގީގުން އޭގެ ތެރެއިން %59.6 ފޯމަކީ ޝަރުތު ހަމަނުވި ނަމަވެސް ޝަރުތުހަމަވާ ކަމަށް އޭރުގެ ހައުސިންގ މިނިސްޓްރީން ނިންމަވާފައިވާ ފޯމުތައް ކަމަށް ފާހަގަކުރެވިފައިވާ ކަމަށް އޭސީސީން ވިދާޅުވިއެވެ.

އަދި %19.7 ފޯމަކީ ޝަރުތު ހަމަވި ނަމަވެސް ބައެއް އެހެން މައްސަލަތައް ހުރި ފޯމުތައް ކަމަށާއި ޝަރުތުހަމަވާ ފޯމުގެ ގޮތުގައި ފާހަގަކުރެވުނީ %20.7 ފޯމު ކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ތަހުގީގަށް ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި ޕޮއިންޓް ދިނުމުގައި އިތުރަށް ޕޮއިންޓް ދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި ގިނަ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުތަކުގައި މައުލޫމާތު ފުށުއަރާ ކަމަށް އޭސީސީން ވިދާޅުވިއެވެ. އެގޮތުން، ބައެއް ފަރާތްތަކުން މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާކަން ސާބިތުވާ ވަރަށް ލިޔެކިޔުން ހުށަހަޅާފައި ނުވާކަން ވެސް އެ ކޮމިޝަނުން ފާހަގަކުރެއްވިއެވެ.

ކުރީ ސަރުކާރުން 4،000 ފްލެޓް، އުސޫލާ ހިލާފަށް އެކުލަވާލި ކަމަށް ބުނެ ހުށަހެޅި މައްސަލަތަކެއް ތަހުގީގުކުރާތީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ވަނީ ފްލެޓް ހަވާލުކުރުން ހުއްޓުވައިފައެވެ. ވަކި ކަންތައްތަކަށް ބަލައިގެން ފްލެޓު ދިނުމުގެ ކަންކަން ކުރިއަށް ގެންދަން ހައުސިން މިނިސްޓްރީއަށް އެ ކޮމިޝަނުން ހުއްދަ ދިނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *