Ads by
ޚަބަރު
ރިޔާސީ ބަޔާން އިއްވި ޖަލްސާ އެމްޑީޕީއާއި ޑިމޮކްރޭޓްސްއިން ބޮއިކޮށްޓްކޮށްފި
ފޮޓޯ: މަޖިލިސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްވެވި ފުރަތަމަ ރިޔާސީ ބަޔާން މިއަދު ރައްޔިތުންގެ މަޖިލިހަށް އިއްވި ޖަލްސާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރޭޓްސްއިން ބޮއިކޮޓްކޮށްފިއެވެ.

Ads by Eki Online

އެމަނިކުފާނު ރިޔާސީ ބަޔާން އިއްވެވީ މިއަދު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލިހުގެ ތަޅުމުގައެވެ. އެހެންނަމަވެސް ރިޔާސީ ބަޔާން އިއްވި ޖަލްސާ އިދިކޮޅު ދެ ޕާޓީކަމުގައިވާ އެމްޑީޕީއާއި ޑިމޮކްރޭޓްސް ޕާޓީން ވަނީ ބޮއިކޮށްފައެވެ.

އެމްޑިޕީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި އެމް.ޑީ.ޕީގެ ޕާލިމެންޓަރީ ގްރޫޕްގެ މެމްބަރުން ބައިވެރި ނުވުމަށް ނިންމި ސަބަބުތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަސް ރަސްމީ ބަންދު ދުވަހެއްގޮތުގައި ޒަމާނުއްސުރެ އޮތްއޮތުން ބަދަލުކޮށް، މަޖިލީހުގެ ގަދަރު ކުޑަކުރުމުގެ ގޮތުން އެ ދުވަހަކީ ބަންދުނޫން ދުވަހެއްކަމުގައި ރައީސުލް ޖުމްހޫރިއްޔާ ހަމަޖެއްސެވުން ހިމެނޭކަމުގައެވެ.

ރައީސް ޑރ. މުޢިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން ބޮއިކޮޓް ކުރުމަށް ނިންމާފައިވާކަން ހާމަކޮށް ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުން ވަޒީރުކަމުގެ ރުހުން ނުދެއްވި 3 (ތިނެއް) ބޭފުޅުންނަށް ވަޒީރުންގެ ހައިސިއްޔަތުން، ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް ދައުވަތު ދެއްވުމަކީ ގާނޫނުއަސާސީއާ ހިލާފު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރާއި ހުރުމަތަށް ގޮންޖެހުމުގެ އަމަލެއްކަމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ދެކޭކަމަށެވެ. އަދި ސަރުކާރުގެ ގައިރު ގާނޫނީ މި ފަދަ އަމަލުތަކަށް ހިތްވަރާއި ބާރުލިބިދެވޭގޮތަށް ހިންގޭ ކަންކަމުގައި އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން އެއްބާރުލުން ނުދޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އެމްޑީޕީއާއި ޑިމޮކްރެޓްސް މިއަދުގެ ޖަލްސާ ބޮއިކޮޓު ކުރިނަމަވެސް އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން މިއަދުގެ ޖަލްސާއަށް ވަޑައިގެންފައި ވެއެވެ. އޭގެ ތެރޭގައި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ހިމެނިވަޑައިގަންނަވައެވެ.

މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވީ ޖުމްލަ 24 މެމްބަރުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *