Ads by
ޚަބަރު
ސްޓެލްކޯއިން ވިލިމާލޭގައި 1.6 މެގަވޮޓްގެ ޖަނަރޭޓަރު ސެޓެއް ބަހައްޓަނީ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ, ސްޓެލްކޯއިން ވިލިމާލޭގައި 1.6 މެގަވޮޓްގެ ޖަނަރޭޓަރު ސެޓެއް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

Ads by Eki Online

މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ސްޓެލްކޯ އިން ބުނީ، މިއަހަރުގެ ހޫނު މުސުމަށް ތައްޔާރުވުމުގެ ގޮތުންނާއި، މެދު ކެނޑުމެއްނެތި ކަރަންޓުގެ ޚިދުމަތް، ވިލިމާލޭގެ ރައްޔިތުންނަށް ޔަގީން ކޮށްދިނުމަށް ވިލިމާލޭގެ އިންޖީނުގެއަށް ބައެއް އިތުރުކޮށް، 1.6 މެގަވޮޓްގެ ޖަނަރޭޓަރު ސެޓެއް ބެހެއްޓުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.

ކުރިއަށް އޮތް ހޫނު މޫސުމަށް ތައްޔާރުވުމަށް ފާއިތުވެދިޔަ ޖެނުއަރީ މަހުވެސް އެ ކުންފުނިން ވަނީ 1.6 މެގަވޮޓްގެ ދެ ހައިސްޕީޑް ކޮންޓެއިނާ ޖަނަރޭޓަރު ސެޓުރާއްޖޭއަށް ގެނެވި، ޖެނެރޭޓަރު ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މީގެ އިތުރުން، ޕީކް ސީޒަންގައިވެސް ރައްޔިތުންނަށް މެދުނުކެނޑި 24 ގަޑި އިރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަމާއި އެކު، މާލެ ސަރަހައްދުގެ ޕަވަރ ސެކިއުރިޓީ އިތުރުކުރެވިގެން ދިޔުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ވަނީ ޕީކް ސީޒަނަށް ތައްޔާރުވުމަށްޓަކައު ޖުމްލަ 6.4 މެގަވޮޓް ޕަވަރ ޖަނަރޭޝަން ކެޕޭސިޓީއަށް އިތުރު ކުރަން ހަމަޖެހިފައިވާކަންވެސް ހާމަކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *