Ads by
ޚަބަރު
ވާނުވާ ބަންދު ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަށަނީ
ފޮޓޯ: މަޖިލިސް

ޖަލަށްލައި، އަބަދު ދެވޭ ނިސްބަތް މަޑުކޮށް، އެކިއެކި ކުށްތަކުގައި ތަހުގީގުގައި ‘ވާނުވާ’ ގައި ތިބޭ ތިބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފައްޓަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރައްޔިތުންގެ މަޖިލިސް މިއަހަަރަށް ހުޅުވުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޤާނޫނުތައް އެކަށައެޅުމުގައި ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތަކީ ކުށް މަދުކުރުމާއި ކުށްކުރާ މީހުންނަށް ރަނގަޅު މަގުދައްކައިދީ އަލުން މުޖްތަމަޢަށް ގެނައުން ކަމަށެވެ.

ރައީސް ވިދާޅުވީ ތަޙްޤީޤަށް ހައްޔަރުކޮށްފައި “ވާނުވާ” ގައި ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަށާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މި ފެށޭ ދައުރުތެރޭގައި ޤާނޫނަށް އިޞްލާޙު ހުށަހަޅާނެ ކަމަށެވެ.

ޖަލަށްލެވޭ، އަދަބުދެވޭ ނިސްބަތް މަދުކުރުން. ޖަލުތައް ހިންގައި ބެލެހެއްޓުމުގެ ނިޒާމު ޒަމާނީކޮށް، އެއީ އޯގާވެރިކަމާއެކު އިޞްލާޙުކުރަން މަސައްކަތްކުރާ ތަންތަނަށް ހެދުން. އެކިއެކި ކުށްތަކުގެ ތަޙްޤީޤުގައި، “ވާނުވާ” ގައި، އާދެ، ވަކި މުއްދަތެއްނެތި ބަންދުކޮށްފައި ތިބުން ނިމުމަކަށް ގެނައުން، އެއީ ރިޔާސީ އިންތިޚާބުގައި އަޅުގަނޑުވީ ވަޢުދެއް

– ރައީސް ޑރ. މުޢިއްޒު

މީގެ އިތުރުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ރައީސްކަމުގެ މަގާމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން ޝަރުއީ ދާއިރާ ހިނގަމުން އަންނަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި ކަމަށެވެ.

ޝަރުއީ ދާއިރާ އަށް ސިޔާސީ ނުފޫޒު ފޯރާ ވަރު ހަނިކުރުމަށްޓަކައި އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ފަދައިން ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ގާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލު ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *