Ads by
ޚަބަރު
ބަދަލު ދިނުމުގެ ނަމުގައި އެކި ފަރާތްތަކަށް 1 ބިލިއަން ރުފިޔާ ދީފައިވޭ: ރައީސް ޑރ. މުޢިއްޒު
ފޮޓޯ: މަޖިލިސް

ބަދަލު ދިނުމުގެ ނަމުގައި އެކި ފަރާތްތަކަށް 1 ބިލިއަން ރުފިޔާ ދީފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރައްޔިތުންގެ މަޖިލިސް މިއަހަަރަށް ހުޅުވުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރު ހަވާލުވި އިރު ސަރުކާރު ކުންފުނިތަކުގެ ދަރަނި ވަރަށް ބޮޑު ކަމަށެވެ. އަދި ކުންފުނިތަކުގެ އިދާރީ ހިންގުމާ މުވައްޒަފުންނަށް ކުރާ ހޭދަ ރެކޯޑް އަދަދަކަށް އިތުރުވެފައިވާ ކަމަށާއި އާމްދަނީ ހޯދަން ކުރާ އުފެއްދުންތެރި މަސައްކަތްތައް ކުންފުނިތަކުން ކުރުން ވެސް މަދުވެފައިވާ ކަމަށެވެ.

އަދި އެކިއެކި ކަންކަމަށް ބަދަލުދިނުމުގެ ނަމުގައި ދައުލަތުގެ ޚަޒާނާއިން 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާ ފައިސާ އެކި ފަރާތްތަކަށް ބަހާފައިވާ ކަމަށާއި މިދިޔަ 11 ހަފްތާގެ ތެެރޭގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ދައުލަތުގެ ދަރަނި އަދާކުރަން ދުރާލާ ތައްޔާރުވާން އުފެއްދި ސޮވަރިންގ ޑިވެލޮޕްމަންޓް ފަންޑްގައި ހުރި ބޭރު ފައިސާ ވެސް ނަގައި މާރުކޮށްލާފައި. މިއީ އަދި، މިދިޔަ 11 ވަރަކަށް ހަފުތާ އަޅުގަނޑުމެން ކުރިމަތިލީ ގޮންޖެހުންތަކުގެ ކުޑަ މިންވަރެއް

– ރައީސް ޑރ. މުޢިއްޒު

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ސަރުކާރާ ހަވާލުވިއިރު އަންދާޒާކުރި މިންވަރަށްވުރެވެސް ފިސްކަލް އަދި ދަރަނީގެ ހާލަތު އޮތީ ގޯސްކޮށް ކަމަށެވެ.

ހަފްތާ 14 ގެ މަގުޗާޓުގައި، ދަރަނީގެ ދެމެހެއްޓެނިވިކަން އަނބުރާ އިއާދަކުރުމުގައި މަސައްކަތްކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލެވިފައިވާ ކަމަށާއި މަސައްކަތްކުރާނީ ރޭވުންތެރިކަމާއެކު، ދުރުރާސްތާގައި ވެސް ދައުލަތުގެ މާލިއްޔާއަށް އެންމެ ހިރާސްތައް ކުޑަވާގޮތަށް ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *