Thursday, 8 October 2026
Ads by

ޤައުމީ ފުޓްސަލް ޓީމުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް މާދަމާ ރޭ ހަވާ އަރުވަނީ

ޤައުމީ ފުޓްސަލް ޓީމުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް މާދަމާ ރޭ ހަވާ އަރުވަނީ

ޢީދު ފާހަގަކުރުމުގެ ގޮތުން ހަވާއަރުވަނީ--- ފޮޓޯ/ އެޗްޑީސީ

ޤައުމީ ފުޓްސަލް ޓީމުން ހޯދި ތާރީޚީ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މާދަމާ ރޭ މާލޭގައި ހަވާއެރުވުމަށް ނިންމައިފިއެވެ.

Ad Image
Ads by

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރީކްރިއޭޝަނުން މަޢުލޫމާތު ދީފައިވާގޮތުގައި، ޤައުމީ ޓީމަށް މަރުޙަބާ ކިޔުމުގެ ގޮތުން މާދަމާ ރޭ އާޓިފިޝަލް ބީޗު ސަރަޙައްދުގައި ހަވާއެރުވުމުގެ އިތުރުން ޚާއްޞަ ޙަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން، އެފްއޭއެމާއި އެ މިނިސްޓްރީން ގުޅިގެން ޓީމަށް މަރުޙަބާ ކިޔުމުގެ ގޮތުން ހަވާ އެރުވުމުގެ އިތުރުން ބޮޑުބެރުގެ ޙަރަކާތްތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދިހަމައެހެންމެ، ޤައުމީ ޓީމުގެ ކުޅުންތެރިންނާއެކު ފޮޓޯ ނެގުމާއި ޓްރޮފީއާއެކު ފޮޓޯ ނެގުމުގެ ފުރުޞަތު ވެސް ހަމަޖެހިފައިވެއެވެ.

ޤައުމީ ފުޓްސަލް ޓީމުން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސުމާއެކު އުފާ ފާޅުކުރުމައި މަރުޙަބާ ކިޔުމުގެ ހަރަކާތްތައް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާއި ހަމައިން ފެށޭނެއެވެ. އެގޮތުން، ވީއައިޕީން ޓީމަށް މަރުޙަބާ ދެންނެވުމާއި އެއަރޕޯޓުން ޓީމު މާލެ އައުމަށްފަހު، އަމީނީ މަގާއި މަޖީދީ މަގުން ޕިކަޕުގައި އާންމުންނަށް ފެންނަގޮތަށް ޓްރޮފީއާއެކު ޓީމުން ދަތުރުކުރާނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިއީ ސަރަހައްދީ މުބާރާތަކުން ރާއްޖޭގެ ފުޓްސަލް ޓީމު ހޯދި ފުރަތަމަ ކާމިޔާބީއެވެ. ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ރާއްޖޭގެ ޤައުމީ ޓީމުން ފުރަތަމަ ފަހަރަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި އުލުފާލިއިރު ރާއްޖޭގެ ޤައުމީ ޓީމަށް މަރުޙަބާ ކިޔުމަށް ވިހާވެސް ގިނަ ބަޔަކު އާޓިފިޝަލް ބީޗަށް ދިއުމަށް ސަރުކާރުން އެދެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-08T135557
ސޯސަންމަގުގައި ހިންގި އެކްސިޑެންޓުގައި އިމިގްރޭޝަން އޮފިސަރު މަރުވި މައްސަލައިގައި ލައިސަންސް ނެތް ޒުވާނާ ބަންދުކޮށްފި
download - 2026-10-07T221050
20 ބިލިއަން ޑޮލަރުގެ ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދާ އީގަލް ހިލްސްގެ ޗެއާމަން އަލާއްބާރު ރާއްޖެ ވަޑައިގެންފި
big_ZinVy9dL1ondaGRbLXAopj4K9
ކައުންސިލްތަކަށް ދޫކުރި ބްލޮކް ގްރާންޓް 12 އިންސައްތަ އިތުރުވެ 1.8 ބިލިއަން ރުފިޔާއަށް އަރައިފި
20261008_080232
65 އަހަރު ފަހުން އެމެރިކާގައި މަރުގެ ޙުކުމް: ޢަދަބު ދެނީ މުސްލިމް ޤައުމުތަކުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކާ ދެކޮޅުވެ 13 އެމެރިކާ ސިފައިން މަރާލި ނިދާލަށް
Ads by
މަގުބޫލު
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ