Sunday, 27 September 2026
Ads by

ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޯސްޓަރ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޯސްޓަރ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

"ކޮންމެ ކުއްޖަކަށް ޢާއިލާއެއް" ގެ ނަމުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުން ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޯސްޓަރ ކުރުމަށް ހުޅުވާލުން--- ފޮޓޯ/ މިނިސްޓްރީ

ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޯސްޓަރ ކުރުމުގެ ފުރުޞަތު، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޕްރޮޓެކްޝަނުން ހުޅުވާލައިފި އެވެ.

Ad Image
Ads by

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޕްރޮޓެކްޝަނުން މި ފުރުޞަތު ހުޅުވާލާފައިވާކަން ހާމަކުރީ އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައެވެ. އެ މިނިސްޓްރީން ބުނީ މި ފުރުޞަތު ހުޅުވާލާފައި މިވަނީ ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ތެރެއިން، އެކި ސަބަބުތަކާހުރެ ޢާއިލާތަކާ އަނބުރާ ހަވާލުނުކުރެވޭ ކުދިންނަށް ބޭނުންވާ ލޯތްބާއި އަޅާލުން ލިބޭނެ ރައްކާތެރި ޢާއިލީ މާޙައުލެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން އެފަދަ ކުދިންގެ ޤާނޫނީ ބެލެނިވެރިކަން އެހެން ފަރާތަކާ ހަވާލުކުރެވިގެންދާނެ އެވެ.

ޢާންމު ގޮތެއްގައި ކުދިން ފޯސްޓަރ ކުރެވޭނީ ދެ ގޮތަކަށެވެ. އެއީ:

  • ވަގުތީ ގޮތުން ކުއްޖަކު ބެލެހެއްޓުން: ކުއްޖާގެ ޢާއިލާއަށް ދިމާވެފައިވާ ޙާލަތު ރަނގަޅުވަންދެން ނުވަތަ ވަކި މުއްދަތަކަށް ކުއްޖާ ބަލަހައްޓާނެ ފަރާތަކާ ކުއްޖާ ހަވާލުކުރުން.
  • ދާއިމީކޮށް ކުއްޖާ ބެލެހެއްޓުން: ކުއްޖާގެ ޤާނޫނީ ބެލެނިވެރިކަން ފޯސްޓަރ ކުރާ ފަރާތަށް ބަދަލުކުރުމާއެކު، ކުއްޖާއަށް 18 އަހަރު ފުރެންދެން ދާއިމީކޮށް ބެލެހެއްޓުމަށް ކުއްޖާ ހަވާލުކުރުން.

ކުދިން ފޯސްޓަރ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސަސްއަށް ”ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓައިދިނުމަށް އެދި ހުށަހަޅާ ފޯމް“ ހުށަހަޅަންޖެހޭނެއެވެ. މިނިސްޓްރީން ހިއްސާކޮށްފައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެން، ނުވަތަ ހިއްސާކޮށްފައިވާ ލިންކް މެދުވެރިކޮށް މި ފޯމް ލިބޭނެއެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެ ސަރވިސްގެ ކޯލް ސެންޓަރ ނަންބަރު 1433 ނުވަތަ 3027576 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ވަނީ އެދިފައެވެ. އަދި info.cfps@msfd.gov.mv އަށް އީމެއިލް ކޮށްގެން ވެސް މަޢުލޫމާތު ސާފުކުރެވޭނެއެވެ.

”ކޮންމެ ކުއްޖަކަށް ޢާއިލާއެއް“ ގެ ނަމުގައި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މި މަސައްކަތަކީ، ކޮންމެ ކުއްޖަކަށް ވެސް ޢާއިލީ ލޯތްބާއި އަޅާލުން ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި