Wednesday, 9 September 2026
Ads by

ސާފް ފުޓްސަލްގެ ރަސްކަމާއެކު، ރާއްޖެ ޓީމު ރަން ތަށި އުފުލާލައިފި

ސާފް ފުޓްސަލްގެ ރަސްކަމާއެކު، ރާއްޖެ ޓީމު ރަން ތަށި އުފުލާލައިފި

ދެކުނު އޭޝިއާގެ ފުޓްސަލްގެ ރަސްގެފާނުން ކަމުގައިވާ ދިވެހިރާއްޖެއިން، ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޓްރޮފީ އުފުލާލައިފިއެވެ.

Ad Image
Ads by

ރާއްޖެއިން މުބާރާތުގެ ތަށި އުފުލާލީ، މުބާރާތުގެ އެންމެ ފަހު މެޗަށްފަހު އޮތް ޙާއްސަ ރަސްމިއްޔާތުގައެވެ.

ރާއްޖެއިން ދެކުނު އޭޝިއާގެ ފުޓްސަލްގެ ރަސްކަމުގެ ތަހުތަށް އިސްވެ، ހަމަޖެހިލީ، ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެގެންނެވެ.
އެގޮތުން ފުރަތަމަ މެޗުގައި ޕާކިސްތާނުގެ މައްޗަށް 1-7 އިން ކުރިހޯދިއިރު ދެވަނަ މެޗުގައި ބަންގްލަދޭޝްގެ މައްޗަށް 1-6 އިން ވަނީ ކުރިހޯދާފައެވެ. އެއަށްފަހު 0-5 އިން އިންޑިއާ ބަލިކޮށް، ޖެހިގެން އައި މެޗުގައި ނޭޕާލްގެ މައްޗަށް 1-2 އިން ކުރިހޯދިއެވެ.

މުބާރާތުގެ ފަސްވަނަ މެޗުގައި ރާއްޖެއިން ކުޅުނީ ބޫޓާނާ ދެކޮޅަށެވެ. އެ މެޗުން 1-4 އިން މޮޅުވިއިރު ފަހު މެޗުގައި ސްރީލަންކާ އަތުން މޮޅުވީ 2-5 ގެ ނަތީޖާއަކުންނެވެ.

ރާއްޖެއިން މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކުރީ ލަންކާއާ ދެކޮޅަށް ކުޅެން އޮތް މެޗު ބާކީ އޮއްވައި، ބޫޓާނުގެ މައްޗަށް ހޯދި މޮޅާއެކުއެވެ.

ތާވަލުގެ އެއްވަނައިގައި ރާއްޖެ އޮތީ 6 މެޗުން 18 ޕޮއިންޓާއެކުއެވެ.

މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހީ ވެސް ރާއްޖެއިންނެވެ. އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ރާއްޖޭގެ ކެޕްޓަން މުޙައްމަދު އިމްރާނެވެ. އޭނާ ވަނީ ޖުމްލަ ނުވަ ލަނޑު ޖަހާފައެވެ.

މީގެއިތުރުން ރާއްޖެއަކީ މި މުބާރާތުގައި ބައިކޮޅަށް އެންމެ މަދުން ލަނޑު ވަން ގައުމުވެސް މެއެވެ. ރާއްޖެ ކޮޅަށް މުޅި މުބާރާތުގައި ވަދެފައި ވަނީ އެންމެ 6 ލަނޑެވެ.

މިއީ ސާފް އިން ބޭއްވި ފުރަތަމަ ފުޓްސަލް މުބާރާތް ކަމަށްވާއިރު، ފުރަތަމަ މުބާރާތުގެ ރަން ކާމިޔާބީއާއެކު ރާއްޖެއިން މިވަނީ ސަރަހައްދީ ފުޓްސަލްގެ ތާރީޚުގައި ރަން އަކުރުން ނަން ފަވާލާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި