Ads by
ޚަބަރު
ސަސްޕެންޑް ކުރި އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް އަޙްމަދު އަލީ އިސްތިއުފާ ދެއްވައިފި

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަލީ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

Ads by Eki Online

އަހްމަދު ވިދާޅުވީ އެއީ އަމިއްލަ ސަބަބުތަކެއް ހުރުމުގެ ސަބަބުން ނިންމި ނިންމުމެއް ކަމަށެވެ.އޭނާ އެ މަގާމުން އިސްތިއުފާދެއްވީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.

އަޙްމަދު އަލީ މަގާމުން އިސްތިއުފާ ދެއްވުމަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ގާނޫނާއި ގަވާއިދުގެ ބޭރުން އެއްވެސް މީހަކަށް އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާނެ ކަމަށެވެ. އެހެންނަމަވެސް، މި ވަގުތު އެންމެ މަސްލަހަތު ހުރި ގޮތަކީ ޕީއެސްގެ މަގާމުން އިސްތިއުފާ ދެއްވުން ކަމަށް ވާތީ އެ ނިންމުން ނިންމެވީ ކަމަށެވެ.

އޭނާ މަގާމުން ސަސްޕެންޑް ކުރީ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލަތަކަކާއި ގުޅިގެން މިދިޔަ މަހުގެ ތިން ވަނަ ދުވަހުއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

މަޖީދު3 ހަފްތާ ކުރިން

މި ޤައުމަކީ ވެރިކަން ކުރާ ބައެއްގެ އަމިއްލަ މިލްކެއް. މީ ވަރަށް ދެރަކަމެއް. އެއްވެރިކަމެއްގައި ކުރި ހުރިހާ ކަމެއް އަނެއް ވެރިއަކު އައިސް މުލުން ލުހެލުމަކީ ވަރަށް ބޮޑު ގެއްލުމެއް. އަމިއްލަ އެދުމާއިގެން ކުރާ ކަމެއް އެއީ. ވަރަށް ބޮޑު ޚިޔާނަތެއް އެއާ. ހަޖަމުކުރޭ .

0
0
މަޖީދު3 ހަފްތާ ކުރިން

މި ޤައުމަކީ ވެރިކަން ކުރާ ބައެއްގެ އަމިއްލަ މިލްކެއް. މީ ވަރަށް ދެރަކަމެއް. އެއްވެރިކަމެއްގައި ކުރި ހުރިހާ ކަމެއް އަނެއް ވެރިއަކު އައިސް މުލުން ލުހެލުމަކީ ވަރަށް ބޮޑު ގެއްލުމެއް. އަމިއްލަ އެދުމާއިގެން ކުރާ ކަމެއް އެއީ. ވަރަށް ބޮޑު ޚިޔާނަތެއް އެއާ.

0
0