Thursday, 8 October 2026
Ads by

ޤައުމީ ފުޓްސަލް ޓީމާއި، ފުޓުބޯޅަ ޓީމަށް ބޯނަހެއް ދެއްވުމަށް ރައީސް ނިންމަވައިފި

ޤައުމީ ފުޓްސަލް ޓީމާއި، ފުޓުބޯޅަ ޓީމަށް ބޯނަހެއް ދެއްވުމަށް ރައީސް ނިންމަވައިފި

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026ގައި ވާދަކުރި ޓީމު---

ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުން ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވާތީ ފުޓްސަލް ޓީމަށާއި ސްރީލަންކާގައި ނިމިދިޔަ 2025 ވަނަ އަހަރު ބޭއްވި ސުޕަ ކަޕްގެ ޗެންޕިއަންކަން ހޯދި ފުޓްބޯޅަ ޓީމަށް އެއް މިލިޔަން ރުފިޔާގެ ބޯނަހެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

Ad Image
Ads by

މިކަން ހާމަކުރައްވާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިޢު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ނިންމަވާފައިވަނީ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭ ގޮތަށް މުޅި ޓީމަށް މި ބޯނަސް ދެއްވުމަށް ކަމަށެވެ.

މިއީ ރައީސް ޑރ. މުޢިއްޒު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހު ޤައުމީ ޓީމާއެކު ސިޓްރޮން ރެސްޓޯރެންޓުގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ނިންމަވާފައިވާ ނިންމެވުމެއް ކަމަށް މިނިސްޓަރު ރާފިޢު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ކުޅުންތެރިންނާ މި ފައިސާ ހަވާލުކުރަނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް މެދުވެރިކޮށް ކަމަށެވެ.

ސްރީލަންކާގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ސުޕަކަޕް ކާމިޔާބުކޮށް ޤައުމީ ފުޓުބޯޅަ ޓީމު ރާއްޖެއަށް ތަށި ގެނެސްދީފައިވާއިރު، މިއީ ރާއްޖެއަށް ތައްޓެއް ނުލިބި ގިނަ އަހަރުތަކެއް ފަހުން ގައުމީ ޓީމުން ހޯދި ފުރަތަމަ ތަށިކަން ފާހަގަކޮށްލެވެއެވެ.

ގައުމީ ޓީމުގެ ކުޅުންތެރިން ހޯދާ މިފަދަ ކާމިޔާބީތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ވަނީ ކުޅުންތެރިންނަށް ފައިސާގެ އިނާމުދޭން ވެސް ނިންމަވައިފަ އެވެ. ފުޓްބޯޅަ އާއި ފުޓްސަލްގެ އިތުރުން އެހެނިހެން ކުޅިވަރުތަކުން ރާއްޖެއަށް ރީތިނަން ހޯދައިދޭ ކުޅުންތެރިންނަށް ވެސް ސަރުކާރުން ހިތްވަރު ދިނުމުގެ ގޮތުން ފައިސާގެ އިނާމު ދެއްވައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-08T135557
ސޯސަންމަގުގައި ހިންގި އެކްސިޑެންޓުގައި އިމިގްރޭޝަން އޮފިސަރު މަރުވި މައްސަލައިގައި ލައިސަންސް ނެތް ޒުވާނާ ބަންދުކޮށްފި
download - 2026-10-07T221050
20 ބިލިއަން ޑޮލަރުގެ ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދާ އީގަލް ހިލްސްގެ ޗެއާމަން އަލާއްބާރު ރާއްޖެ ވަޑައިގެންފި
big_ZinVy9dL1ondaGRbLXAopj4K9
ކައުންސިލްތަކަށް ދޫކުރި ބްލޮކް ގްރާންޓް 12 އިންސައްތަ އިތުރުވެ 1.8 ބިލިއަން ރުފިޔާއަށް އަރައިފި
20261008_080232
65 އަހަރު ފަހުން އެމެރިކާގައި މަރުގެ ޙުކުމް: ޢަދަބު ދެނީ މުސްލިމް ޤައުމުތަކުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކާ ދެކޮޅުވެ 13 އެމެރިކާ ސިފައިން މަރާލި ނިދާލަށް
Ads by
މަގުބޫލު
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ