Ads by
ޚަބަރު
އެމްޑީޕީ ޕްރައިމަރީން ރޮޒައިނާއަށް ނާކާމިޔާބުވެއްޖެ

20 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ މީހުން ހޮވަން ބޭއްވި ޕްރައިމަރީން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އަށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިވަޑައިގެންފިއެވެ.

Ads by Eki Online

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ރޮޒެއިނާ ކުރިމަތިލެއްވީ ފޭދޫ އުތުރު ދާއިރާ އަށެވެ. އެ ދާއިރާގެ އެމްޑީޕީގެ ޓިކެޓް ކާމިޔާބު ކުރެއްވީ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށްވާ އަހުމަދު ޝަރީފު (ޑުންގާ) އެވެ.

ފޭދޫ އުތުރު ދާއިރާގެ ޕްރައިމަރީއަށް ވޯޓުލީ 688 މީހުންގެ ތެރެއިން ރޮޒައިނާއަށް ލިބިވަޑައިގެންނެވީ 221 ވޯޓެވެ. އެ ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވި ޑުންގާ ޝަރީފަށް 251 ވޯޓު ލިބިވަޑައިގަތެވެ. އެ ދެ ބޭފުޅުންނާ ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ހަމްޒާއަށް ލިބިވަޑައިގެންނެވީ 206 ވޯޓެވެ.

އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދިޔައީ މިއަދު ހަވީރު 5 ޖެހުމާ ހަމައަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Mohamed Shareef3 ހަފްތާ ކުރިން

ދެން ރަށަށް ދޭ ދަރިން ބަލަން ގޭގަ އިންދެބަލަ

0
0
ހަގީގަތް3 ހަފްތާ ކުރިން

އަގަބަޑިކައްދަ ހީކުރީޗޯރުއިބުރޭގެ މެދުފައިގަ ތެއުދަމާދިނަކަސް ދާއިރާއިން އެއޮތީ ނޫނެކޭބުނެފަ ދެންބޮއި ބަޑިއެދުރުދައިތާ

0
0
އިއްބެ3 ހަފްތާ ކުރިން

އެއީވަކިމީހަކަށްއޮންނައެއްޗެއްނޫނެވެކޮންމެމީހަކަށްވެސްދިމާވާނޭކަމެކެވެ

0
0