Ads by
ޚަބަރު
ކާށިދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓް ޖާބިރަށް

މާރޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމެރީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކާމިޔާބުކޮށްފިއެވެ.

Ads by Eki Online

މަޖިލީހުގައި މިހާރު ވެސް ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ ޖާބިރުއަށް ޓިކެޓު ލިބިވަޑައިގަތީ ޅ. ހިންނަވަރު، އަބްދުﷲ ރިފްއަތާ ވާދަކޮށެވެ.

ޖާބިރުގެ އިތުރުން އޭނާގެ ދަރިކަލުން އަހުމަދު މުއާޒު އަބްދުﷲ ޖާބިރުއަށް ވަނީ މަހިބަދޫ ދާއިރާގެ ޓިކެޓު ލިބިވަޑައިގެންފައެވެ.

މިއަދު އޮތް މަޖިލިސް ޕްރައިމެރީގައި ޖާބިރުގެ އިތުރުން ދެން އިތުރު ދައުރަކަށް ވާދަކުރުމަށް ޓިކެޓު ލިބިވަޑައިގަތީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ)، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ، އަދި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) އާއި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގުގެ އިތުރުން މަނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ހާރޫނާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިންނެވެ.

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މާރޗް 7 ވަނަ ދުވަހުއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *