Ads by
ސިޔާސީ
އެމްޑީޕީ އަދި ދަ ޑިމޮކްރޭޓްސްގެ މަޖިލިސް ޕްރައިމަރީ ފެށިގެން ކުރިއަށް
ފޮޓޯ: މީސް މީޑިޔާ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަދި ދަ ޑިމޮކްރޭޓްސްގެ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ފެށިގެން ކުރިއަށްދަނީއެވެ.

Ads by Eki Online

ދެ ޕާޓީގެވެސް ޕްރައިމަރީގެ ވޯޓުލުން ހެނދުނު 09:00 ން 17:00ކަށް ކުރިއަށްދާނެއެވެ.

އެމްޑީޕީން ބުނެފައިވާ ގޮތުން ޕްރައިމަރީގައި 40 ދާއިރާއެއްގައި ބާއްވާ ޕްރައިމަރީގައި 149 ކެންޑިޑޭޓަކު ވާދަކުރާނެ ކަމަަށެވެ. 25،000 ވުރެ ގިނަ މެންބަރުންނަށް ޕްރައިމަރީ ގައި ވޯޓްލެވޭއިރު ޖުމްލަ 95 ރަށެއް ގައި ވޯޓްލުން ކުރިއަށް ދާނެއެވެ. އަދި މަޖިލިސް އިންތިހާބުގައި ޕްރައިމަރީއަކާ ނުލައި އެމްޑީޕީން 46 ކެންޑިޑޭޓަކަށް ވަނީ ޓިކެޓު ކަށަވަރުވެފައެވެ.

ޑިމޮކްރެޓްސްގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ 2 ދާއިރާގައެވެ. އެއީ ހުޅުމާލެ ދެކުނު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގައެވެ. ހުޅުމާލެ ދެކުނު ދާއިރާގެ ވޯޓު ފޮށި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލްގައި ބެހެއްޓި އިރު، ހެންވޭރު ދެކުނު ދާއިރާގެ ވޯޓު ފޮށި ބަހައްޓާފައި ވަނީ އެ ޕާޓީގެ ހަރުގޭގައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މާރޗް މަހުގެ 17 ގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *