Saturday, 24 October 2026
Ads by

ޖަލީލަކީ އަޅުގަނޑުގެ ޗޮއިސް، މޭޔަރު ކަމަށް ނުކުންނެވީ އަޅުގަނޑު އެދިގެން: ރައީސް

ޖަލީލަކީ އަޅުގަނޑުގެ ޗޮއިސް، މޭޔަރު ކަމަށް ނުކުންނެވީ އަޅުގަނޑު އެދިގެން: ރައީސް

ރައީސް މުޢިއްޒު މޫސާޖަލީލާއިއެކު.. ފޮޓޯ/ ޕީއެންސީ

ޕީއެންސީގެ ފަރާތުން މާލެސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލަކީ އެ މަނިކުފާނުގެ ޗޮއިސްއެއް ކަމަށާއި އެ މަޤާމަށް ޖަލީލު ކުރިމަތިލެއްވީ އެކަމަށް އެމަނިކުފާނު އެދިވަޑައިގަތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެންސީން އިއްޔެ ޕީއެންސީން ބޭއްވި ކެމްޕެއިންގެ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މޭޔަރު ކަމަށް ނުކުންނެވުމަށް މޫސާ ޢަލީ ޖަލީލުގެ އަރިހުގައި އެދިވަޑައިގަތީ އޭނާއަކީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް އެއްބާރުލުން ދެއްވައިގެން ވަރަށް އަމާނާތްތެރިކަމާއި އިޚުލާސްތެރިކަމާއި ހީވާގި ކަމާއެކު މަސައްކަތް ކުރައްވާނެ ބޭފުޅަކަށް ވާތީ ކަމަށެވެ. އަދި މޫސާ ޢަލީ ޖަލީލަކީ ފަސްބައިގަ އެއްވެސް ކަހަލަ ހަޑިކަމެއް ނެތް، ހީވާގި ޤައުމީ ޖޯޝު ހުރި ޤައުމީވަންތަ ޤައުމު ފަޚުރުވެރިވާ ފަދަ ބޭފުޅަކަށް ވާތީ މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

 

ރައީސް ވަނީ ޕީއެންސީއިން އެރުވި ފުރުޞަތު ޤަބޫލު ކުރެއްވީތީ މޫސާ ޖަލީލަށް ޝުކުރު އަދާކުރައްވާފައެވެ.

ޕީއެންސީ ހަރުގޭގައި ބޭއްވި މި ޙަފުލާގައި ގިނަ ބަޔަކު ބައިވެރިވެފައިވާއިރު، އެމަނިކުފާނު ވިދާޅުވީ ޤައުމުގައި މިހާރު އޮތީ ހަމަޖެހުން ގާއިމް ވެފައިވާ ކަމަށާއި ލޯކަލް ލެވެލެއްގައި ރަށެއްގައި ”ސަކަރާތް ޖަހަން“ ކައުންސިލަރުން އިންތިޚާބު ކޮށްގެން ނުވާނެ ކަމަށެވެ.

ސަރުކާރުން ހިންގާ ރާވާ ކަންކަމަށް ހުރަސްތައް މެދުވެރިކޮށް، ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފައްދާ ބަޔަކު އިންތިޚާބު ކޮށްގެން ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި