Ads by
ޚަބަރު
އިންޑިއާ ސިފައިން އަނެއްކާ ވެސް މަސް ދޯންޏަކަށް އަރައި ބިރު ދައްކައިފި

އިންޑިއާގެ ސިފައިންތަކެއް ރާއްޖޭގެ އިތުރު މަސްދޯންޏަކަށް އެރި މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

Ads by Eki Online

މިކަން ހާމަކޮށް އެމްއެންޑީއެފުން މިއަދު ބުނެފައިވަނީ މި މަހުގެ އެއްވަނަ ދުވަހުގެރޭ މާހޯރަ3 ނަމަކަށް ކިޔާ މަސްދޯނި ދަތުރު ކުރަމުން ދަނިކޮށް އިންޑިއާ ސިފައިން އެ ދޯންޏަށް އަރާފައިވާ ކަމަށެވެ.

އެގޮތުން މޮޅަދޫ ބޮޔާއި 3 މޭލު ހިސާބުން ރޭގަނޑު 12 ޖެހިއިރު އިންޑިޔާގެ މަނަވަރެއް ކައިރިކޮށް ދޯންޏައް އަރާ މަސްވެރިންނަށް ބިރު ދައްކާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މީގެ އިތުރުން އެމްއެންޑީއެފުން ބުނެފައިވަނީ މި މައްސަލަ ވަނީ ދޯނީގެ ވެރިފަރާތުން ރިޕޯޓްކޮށްފައި ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ އަސުރުމާ3 ނަމަކަށް ކިޔާ މަސްދޯންޏަށް އިންޑިއާގެ ދެ ކޯސްޓްގާޑް ކައިރިކޮށް ސިފައިން އަރާފައިވާ އިރު، އެ ދޯނީގައި ހަތިޔާރާއެކު ބޭރުގެ ސިފައިން ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ވަނީ ވައިރަލްވެފައެވެ.

މީގެ އިތުރުން މި މައްސަލައާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސެކިއުރިޓީ ވަރުގަދަކޮށް އުތުރުން ރާއްޖޭގެ ބޯޑަރު ސަރަހައްދުގައި ސިފައިން ވަނީ އިއްޔެ އިން ފެށިގެް ޕެޓްރޯލް ކުރަން ފަށާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

އިއްބެ4 މަސް ކުރިން

ދުވާލަކު3ދޯނި1ދޯނިއަށްއަރަމުންދާއިރުތިޔަބުނަނީޕެޓްރޯކުރާވާހަކައެވެއެއީކޮންގޮތަކަށްކުރާޕެޓްރޯލެއްތަ

0
0
ބޭގަރާރު4 މަސް ކުރިން

ހީވެއްޖެ ކަމެކޭ ރައީސްއިބުރާހިމްގެ އިންޑިއާއަށް ދޭންނުޖެހޭ ބާރުތަކެއް ދިނުމުގެ ހިތާމަ ރައިއްޔަތުން ކުރަން މި ޖެހުނީ.މިގައުމުގެވެރިކަމު

0
0