Ads by
ޚަބަރު
ވިލިމާލެ މޫދަށް އެރޭ ސަރަހައްދު ހިމާޔަތް ކޮށްދޭނަން: ރައީސް ޑރ. މުޢިއްޒު

ވިލިމާލޭގައި ޢާއްމުން މޫދަށް އެރުމަށް މިހާރު އޮތް ސަރަހައްދު ހިމާޔަތްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރައީސް މިހެން ވިދާޅުވީ، އެކި ކަންކަމުގައި ޢާއްމުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުކުރެވޭ ގޮތަށް “ރައީސްގެ ޖަވާބު” ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިންނެވެ.

ވިލިމާލެ މޫދަށް އެރޭ ސަރަހައްދަށް ގެންނަން ފެންނަ ބަދަލުތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ހިޔާލު ހުށަހެޅުއްވީ ނ.ކުޑަފަރީ، ލަކީކޯނަރ، ޒޫނާ ނަސީމްއެވެ. އޭނާ އެދިވަޑައިގަތީ ވިލިމާލެގައި މިހާރު އޮންނަ މޫދަށް އެރޭ ސަރަހައްދު ހިމާޔަތްކޮށްދިނުމަށެވެ.

އެކަމަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މި ސަރަހައްދުގައި މޫދަށް އެރޭ މާ ގިނަ ސަރަހައްދެއް ނެތް ކަމަށާއި، ވިލިމާލޭގެ މޫދަށް އެރޭ ސަރަހައްދު ހިމާޔަތް ވެގެން ދިއުމަކީ މުހިންމު ކަމެއް ކަމަށެވެ.

ތި ރިކުއެސްޓަކީ ވަރަށް ގިނަ މީހުންނަށް ފައިދާ ވާނެ ކަމަކަށް ވާތީ ތިކަން ހަމަޖެހިގެން ދާނެ

– ރައީސް ޑރ. މުޢިއްޒު

ރައީސް އިތުރަށް ވިދާޅުވީ، ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން ދިވެހިންނަށް ތަމްރީނު ދިނުން، ފަދަ ކަންކަމަށް ބޭނުންވާ ފުރުސަތުތައްވެސް ވިލިމާލޭގައި، އަދި މާލެ ސަރަހައްދުގައި އެކަމަށް ޖާގަ އޮތް އެހެން ދިމަދިމާލުގައިވެސް ހަމަޖައްސާދެއްވާނެ ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *