Ads by
ޚަބަރު
އެމްއައިބީގެ ރޯދަ ޕްރޮމޯޝަން ފަށައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބޮޑު އިނާމެއްގެ ގޮތުގައި ހަތަރު އުމްރާ ދަތުރު ހުށަހަޅައި މި އަހަރުގެ ރޯދަ ޕްރޮމޯޝަން ފަށައިފިއެވެ.

Ads by Eki Online

އެމްއައިބީން ހާމަކުރިގޮތުގައި މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ އޭޕްރިލް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެމްއައިބީގެ “އެޕްލައިނައު” ޕޯޓަލަށް ގޮސް ވަގުތުން އެކައުންޓު ހުޅުވައި އެ ބެންކުގެ ހުރިހާ ބްރާންޗަކުން ލިބެން ހުންނަ އިންސްޓަންޓް ކާޑު ނަގާ، އެކައުންޓާ ލިންކުކޮށް، އެމްއައިބީގެ ވިސާ ކާޑުން 20 ޓްރާންސެކްޝަން ހަދަންޖެހޭނެއެވެ.

މި ޕްރޮމޯޝަނަކީ ކޮންމެ އަހަރަކުވެސް ރޯދަ މަހާ ދިމާކޮށް އެމްއައިބީން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. ކޮންމެ ހަފްތާއަކު ލަކީޑްރޯއެއް ނަގަން ހަމަޖެހިފައިވާ މި ޕްރޮމޯޝަނުގައި މި ލަކީޑްރޯއިން ހޮވޭ ފަރާތަކަށް އިފްތާރު ޕެކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ޕްރޮމޯޝަން ނިމުމުން ނަގާ ގްރޭންޑް ލަކީޑްރޯއިން ހޮވޭ ހަތަރު ފަރާތަކަށް މި ޕްރޮމޯޝަނުގެ ބޮޑު އިނާމު ކަމުގައިވާ އުމްރާ ދަތުރު ލިބޭނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *