Ads by
ޚަބަރު
ވިނަރެސް ފްލެޓްގެ އަގު ކުޑަކޮށްފި
ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ސަރުކާރުން ތަރައްގީކުރަން ފެށި ވިނަރެސް ފުލެޓުތަކުގެ އަގު ކުޑަކޮށް، މަހަކު ދައްކަން ޖެހޭ އަދަދުން އެވްރެޖްކޮށް 4،200 ރުފިޔާ ދަށްކޮށްފިއެވެ.

Ads by Eki Online

މިއަދު އެޗްޑީސީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ މި ފްލެޓްތަކުގެ ވެރިފަރާތްތަކުގެ އެދުމުގެ މަތިން ކުލި ދެެއްކުމުގައި ސަރުކާރުން އިތުރު ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން، “ލީޒް ޓު އޯން މޮޑެލް”ގެ އިންޓްރަސްޓް ރޭޓް 9 އިންސައްތަ އިން 6 އިންސައްތައަށް ބަދަލުކުރުމުގެ އިތުރުން ފްލެޓްތަކުގެ ޑައުންޕޭމަންޓްގެ 50 އިންސައްތަ ކުޑަކުރެވި، ކުޑަކުރެވުނު 50 އިންސައްތަ ފްލެޓްގެ އަގުން އުނިކުރެވިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. މިއާއެކު، ޑައުންޕޭމަންޓް ދެއްކުމަށް ދެވިފައިވާ 3 މަހުގެ ބަދަލުގައި 6 މަސް ދުވަހުން ޑައުންޕޭމަންޓް ދައްކާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން 6 އިންސައްތަ އިންޓަރެސްޓް ރޭޓްގައި ފުލެޓަށް މަހަކު ދައްކަންޖެހޭ އަދަދުން އެވްރެޖްކޮށް 4،200 ރުފިޔާ މިހާރު ވަނީ ކުޑަކުރެވިފައިކަމަށާއި، މި ޑިސްކައުންޓަކީ ފްލެޓްގެ އަގުން ދެވޭ ޑިސްކައުންޓެއްގެ ގޮތުގައި ހަމަޖެހިފައިވާކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ.

ވިނަރެސް ފުލެޓުތަކުގެ ކުލި ކުޑަކުރަން ނިންމައި، ރައީސް ޑރ. މުޢިއްޒު އެކަން އިއުލާނު ކުރެއްވީ ހުސްވި ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހުއެވެ.

މި ބަދަލާ ގުޅިގެން އެއްބަސްވުމަށް އަންނަ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު އެޗްޑީސީން އަންނަނީ ކުރަމުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *