Sunday, 25 October 2026
Ads by

ވަލްޑޯފް އެސްޓޯރިއާ އިތާފުށި މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި 4،117 ޑޮލަރު ދީފި

ވަލްޑޯފް އެސްޓޯރިއާ އިތާފުށި މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި 4،117 ޑޮލަރު ދީފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެ މަތީ ފަންތީގެ އެއް ރިސޯޓު ކަމަށްވާ ވަލްޑޯފް އެސްޓޯރިއާ އިތާފުށިން މިއަހަރުގެ ޖެނުއަރީ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 4،117.28 ޑޮލަރު (63،484ރ.) ދީފިއެވެ.

Ad Image
Ads by

މިއީ ރާއްޖޭގެ ރިސޯޓުތަކުން މިދިޔަ މަހު ދިން ސާވިސް ޗާޖަށް ބަލާއިރު އެންމެ ބޮޑު އަދަދެވެ. މި އަދަދާއެކު، އެ ރިސޯޓަކީ މުވައްޒަފުންނަށް އެންމެ ރަނގަޅު އާމްދަނީއެއް ހޯދައިދޭ އެއް ރިސޯޓުގެ ގޮތުގައި ވަނީ ފާހަގަވެފައެވެ.

މާލެއާ 25 ކިލޯމީޓަރު ދުރުގައި އޮތް ފަޅެއްގައި ތަރައްގީކޮށް 2019 ވަނަ އަހަރު ހުޅުވި ރިސޯޓުން މިދިޔަ މަހު ވެސް ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 2،097 ޑޮލަރު ދިނެވެ.

އެ ރިސޯޓުގެ ވިލާ އެއް ވިއްކަނީ ރެއަކަށް 5000 ޑޮލަރަށް ވުރެ މަތިންނެވެ. މީގެ އިތުރުން ރެއަކަށް 100،000 ޑޮލަރަށް ވުރެ ބޮޑު އަގުގައި ވިއްކާ ހަތް ވިލާ އެކުލެވޭ 32،000 އަކަމީޓަރުގެ ބޮޑު ޕްރައިވެޓް އައިލެންޑެއް ވެސް އެ ރިސޯޓާއެކު ހިންގައެވެ.

މި ރިސޯޓުގައި ގިނައިން ޗުއްޓީ ހޭދަކުރަނީ ބޮޑެތި މަހުޖަނުންނާއި ސެލެބްރިޓީންނެވެ. އެންމެ ފަހުން އެ ރިސޯޓަށް އައި ކަމަށް ވަނީ އިންޑިއާގެ މަޝްހޫރު ބިލިއަނަރު މުކޭޝް އަމްބާނީގެ ދަރިފުޅު އަނަންތު އަމްބާނީ އާއި އޭނާގެ އަންހެނުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި