Ads by
ޚަބަރު
އެސްޓީއޯގެ ކުރީގެ އެމްޑީ އަމްރު މަޖިލީހަށް ވާދަކުރަން ނިންމައިފި
ފޮޓޯ: މީސް މީޑިޔާ

އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު، ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވަން ނިންމަވައި އެކަން އިއުލާން ކުރައްވައިފިއެވެ.

Ads by Eki Online

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމްރު ވިދާޅުވީ އޭނާ ވާދަކުރައްވަނީ މައްޗަންގޮޅި އުތުރު ދާއިރާއަށް ކަމަށެވެ.

މަޖިލިހަށް ކުރިމަތިލާން ނިންމީ ދާއިރާގެ ހައްގުގައި ވަކާލާތު ކުރުމަށާއި ގައުމީ އެތައް މައްސަލަތަކަކަށް ހައްލު ހޯދުމަށްވެސް މަސައްކަތް ކުރުމަށް އޮތް އެންމެ ފަހިމަގަކީ މަޖިލިސް ކަމަށްވާތީ ކަމަށް އަމްރު ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބު ގައި 41 ދާއިރާއަކަށް ކެންޑިޑޭޓުން ނެރެން ދަ ޑިމޮކްރެޓްސް އިން ނިންމާފައިވާއިރު  އެ ޕާޓީގެ ޓިކެޓަށް ހުޅުވާލުމުން 41 ދާއިރާ އަކަށް 46 ކެންޑިޑޭޓުން ކުރިމަތިލާފައިވެއެވެ. އަމްރު އަކީ ޕްރައިމަރީ އެއް ނެތި ޕާޓީގެ ޓިކެޓް ލިބިވަޑައިގެންނެވި ބޭފުޅެކެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަ ޖެހިފައިވަނީ މާރޗް މަހުގެ 7 ވަނަ ދުވަހުއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

އަލިބެ4 ހަފްތާ ކުރިން

ތިއޮތީ ހޮވި ނިމިފާ! އަހަރުން މައްޗަންގޮޅި މީހުން ބަތާހަރާމީން ނުހޮވާނެއެވެ. ސަލާމް!

0
0