Sunday, 25 October 2026
Ads by

ކަނޑުން ބައެއް ދޫކޮށްލުމުން ހަނުހުންނެވި ނަޝީދު ހޭވެރިކަންވެގެން ފޯޅަވަހީގެ ވާހަކަ ފައްޓަވައިފި

ކަނޑުން ބައެއް ދޫކޮށްލުމުން ހަނުހުންނެވި ނަޝީދު ހޭވެރިކަންވެގެން ފޯޅަވަހީގެ ވާހަކަ ފައްޓަވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު---

މިދިޔަ ސަރުކާރުގައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޮޑު ބައެއް ވިއްކާލުމުން ވެސް ހަނުހުންނެވި ނަޝީދު، ފޯޅަވަހީގެ ސިޔާދަތީ ބެލެނިވެރިކަން ރާއްޖެއަށް ލިބުމުގެ ފުރުސަތު އަދިވެސް ގެއްލިގެން ނުދާކަމަށް ވިދާޅުވެއްޖެ އެވެ.

Ad Image
Ads by

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ޗާގޯސް ޖަޒީރާތައް މޮރިޝަސްއަށް ދިނުމުގެ ބިލު، އިނގިރޭސި މަތިގޭގެ ވޯޓަށް ތައްޔާރުވެފައި ވަނިކޮށް، ބިލަށް ވޯޓު ދިނުން ފަސްކޮށްފައިވުމުގެ ސަބަބުން ފޯޅަވަހީގެ ސިޔާދަތީ ބެލެނިވެރިކަން ރާއްޖެއަށް ލިބުމުގެ ފުރުސަތު އަދިވެސް ގެއްލިގެން ނުދާ ކަމަށެވެ.

ނަޝީދު ވިދާޅުވީ އިނގިރޭސި ސަރުކާރުން މޮރިޝަސްއަށް ޗާގޯސް ހަވާލުކުރުން މަޑުޖައްސާލުމަކީ، ރާއްޖެއިން ޗާގޯސް ހޯދުމަށް ކުރާ މަސައްކަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. މޮރިޝަސްއަށްވުރެ ބޮޑަށް ފޯޅަވަހީގެ ބެލެނިވެރިކަމަށް ރާއްޖެއަށް ދައުވާ ކުރެވޭނެ ކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ ފޯޅަވައްސާއި ރާއްޖެއާ ދެމެދު ތާރީހީ ބޮޑު ގުޅުމެއް އަަބަދު ވެސް އޮންނަ ކަމަށެވެ.

ނަޝީދު މި މޭރުމުން ވިދާޅުވެފައިވާއިރު، އިނގިރޭސިވިލާތުގެ ”އެކްސްޕްރެސް“ ނޫހަށް ދެއްވި ބަސްދީގަތުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް އޮތުމުގެ ހައްގު މާ ބޮޑު ކަމަށް ވިދާޅުވެފަ އެވެ. އަދި ހަމައެހެންމެ، މިދިޔަ ސަރުކާރުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށާއި އެކަމުގައި ރައްޔިތުންގެ ބަހެއް ވެސް ހޯދާފައިނުވާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންދަވަނީ މިދިޔަ ސަރުކާރުން ވިއްކާލި ކަނޑުގެ ސަރަހައްދު އަކުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި