Sunday, 27 September 2026
Ads by

ސިޓީ ކައުންސިލުގެ މަސައްކަތްތައް ކުރަނީ ޕީއެންސީން، ނަމަވެސް ކްރެޑިޓް ނަގަމުންދަނީ އެމްޑީޕީން: އަރީޝް

ސިޓީ ކައުންސިލުގެ މަސައްކަތްތައް ކުރަނީ ޕީއެންސީން، ނަމަވެސް ކްރެޑިޓް ނަގަމުންދަނީ އެމްޑީޕީން: އަރީޝް

މާލޭސިޓީގެ ޑެޕއުޓީ މޭޔަރު މުހައްމަދު އަރީޝް--- ފޮޓޯ/ މާލޭސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލުގެ ހުރިހާ މަސައްކަތްތަކެއް ކުރަމުން އަންނަނީ ވެރިކަން ކުރާ ޕާޓީ، ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރުން ނަމަވެސް، އެ މަސައްކަތްތަކުގެ ކްރެޑިޓް ނަންގަވަމުން ގެންދަވަނީ އެމްޑީޕީގެ މިހާރުގެ މޭޔަރު އާދަމް އާޒިމް ކަމަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޢަރީޝް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޢަރީޝް މި ބީދައިން ވިދާޅުވީ ”އެމްއެމްޓީވީ“ގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ގަލޮޅު ސިޓީ ޕާކު ތަރައްޤީކުރުމުގެ މަސައްކަތަކީ މާލޭ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރަށް ހޮވުނު ޕީއެންސީގެ މެންބަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި މަސައްކަތެއްކަން ޢަރީޝް ފާހަގަކުރެއްވިއެވެ. ޢަރީޝް ވިދާޅުވީ، ގަލޮޅު ސިޓީ ޕާކު ހުޅުވުމަށް މޭޔަރާއެކު ހުރިހާ ކައުންސިލަރުން ބައިވެރިވާން މޭޔަރު އާޒިމްގެ އަރިހުން ތަކުރާރުކޮށް އެދިފައިވާނެ ކަމަށާއި، ނަމަވެސް ޕާކު ހުޅުވުމުގެ ރަސްމިއްޔާތަށް ޕީއެންސީއަށް ނިސްބަތްވާ އެއްވެސް ކައުންސިލަރަކަށް ދައުވަތު ނުދެއްވާ ކަމަށެވެ.

”ތިބޭފުޅުންނަށް ފެނިގެންދާނެ މިފަހުން އޭރުގެ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމުގައި ހުންނެވި ނަރީޝް އޭރުގެ މަސައްކަތްތައް ހިއްސާކުރައްވައި ވީޑިއޯތައް އާއްމުކުރަމުންދާ މަންޒަރު. މިއީ އިދިކޮޅު މެމްބަރުންނާއި އަޅުގަނޑުމެން އެކުވެގެން ގުޅިގެން ކުރިއަށް ގެންދިޔަ ބުރަ މަސައްކަތެއް. ގިނިކަންޏާ ޕީއެންސީގެ މެމްބަރަކަށް އަންގާވެސް ނުލާ ކުޑަ ކުދިންކޮޅެއް ގޮވައިގެން ގޮސް ހުޅުވާލާފައި ދިޔައީ. މިއީ ދެރަވަރު ކަންކަން. ކައުންސިލަރުންނަށް އޭގެ ކްރެޑިޓް ލިބެންޖެހޭނެ“ – މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝް ވިދާޅުވިއެވެ.

ގަލޮޅު ސިޓީ ޕާކުގެ މަސައްކަތްތައް ކުރީ ކައުންސިލަރުން ކަމަށްވީއިރު އެ ބޭފުޅުންނަށް ކްރެޑިޓެއް ނުލިބި މޭޔަރު އާޒިމް ކްރެޑިޓް ނެންގެވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް ޢަރީސް އިތުރަށް ވިދާޅުވިއެވެ.

މޭޔަރު އާޒިމަށް މިފަދަ ތުހުމަތެއް ޢަރީޝް ކުރެއްވިއިރު، ގިނަ ދުވަސްވެ ވީރާނާވެފައި އޮތް ގަލޮޅު ސިޓީ ޕާކުގައި މުހިއްމު ވަސީލަތްތަކާއެކު އައު ޕާކެއް ހެދުމަށް ނިންމައި މިކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް މޭޔަރުކަމުގައި އޭރު ހުންނެވި، އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ގަލޮޅުގައި ދިރިއުޅޭ ރައްޔިތުންނާއެކު ބައްދަލުވުންތަކެއް ވެސް ބޭއްވެވިއެވެ. މި ބައްދަލުވުންތަކުން ރައްޔިތުންގެ މަޝްވަރާ ހޯދައި ޕާކުގެ ކުރެހުން އެކުލަވާލީ ގަލޮޅު ރައްޔިތުންގެ ފުރިހަމަ ތާއީދާއެކުގައިކަން ފާހަގަކޮށްލަންޖެހެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި