Ads by
ޚަބަރު
ދިވެހި މަސް ދޯންޏަށް އިންޑިއާ ސިފައިން އެރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް އެމްޑީޕީން ގޮވާލައިފި

އދ. މަހިބަދޫ އަސުރުމާ-3 އަކަށް އިންޑިއާ ސިފައިން އެރިކަމަށް ބުނާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން އިދިކޮޅު އެމްޑީޕީން ސަރުކާރަށް ގޮވާލައިފިއެވެ.

Ads by Eki Online

އެމްޑީޕީން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ގެ ތެރޭގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރަމުންދިޔަ ދޯންޏަށް ބޭރު ގައުމެއްގެ ކަނޑުގެ ސިފައިން އަރައި ފަޅުވެރިންނާ ސުވާލުކޮށްފައިވާ ކަމަށް ދިވެހި މީޑިއާގައި ކޮށްފައިވާ ރިޕޯޓުތަކާ ގުޅިގެން އެމްޑީޕީން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

މި މައްސަލައަކީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ބެލުމަށް ގޮވާލާ ކަމަށާއި ރާއްޖޭގެ އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާގެ ސަރުކާރާ މި މައުލޫމާތު ވީ އެންމެ އަވަހަށް ހިއްސާކޮށް އެއިން ގައުމެއްގެ އަސްކަރިއްޔާ މިކަމުގައި ޝާމިލުވޭތޯ ބެލުމަކީ ދިވެހި ދައުލަތުގެ މައްޗަށް ލާޒިމު ކަމެއް ކަމަށް އެމްޑީޕީން ވިދާޅުވިއެވެ.

އަދި ރާއްޖޭގެ އީއީޒެޑް ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވަނީ މޯލްޑިވިއަން ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ކަމަށްވާއިރު މި މައްސަލަ ފުރިހަމައަށް ތަހުގީގުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ދިވެހި މަސްވެރިންނާއި ދަތުރުވެރިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ތަނަކަށް ހެދުމަށް އެ ޕާޓީން ގޮވާލާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ބޮޑުތަކުރުފާނުހަވިއްތަ4 މަސް ކުރިން

އިންޑިޔާ ސިފައިންގެ އުޅަދަކުންރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދޯނި ތަކަކައް އަރާ ބިރު ދެއްކުމުގެ އަމަލު ހިންގުމުގައި އެމްޑީޕީޔޭ މިކިޔާ ލާދީނީ ޖަމާއަތުގެ ބައިވެރި ވުން ނެތޭ ބުނަން ވަރައްދަތި މިބުނި ޖަމާއަތަކީނަވާރަ ދިވެހިން ތިއިންޑިޔާެގެ ތަމަޅައިންލިއްވާމަރާލި ޖައްބާރު ޚާއިނުންދިވެހިގައުމާއި ދިވެހީންގެހިމާޔަތައް ޓަކާ ވެސް ސަރުކާރައް ގޮވާލަންކުރިންބުނި ޖަމާއަތުގެ އިސްސަފުގައިތިބަޚާއިނުންނައްފުރިހަމަ އަދަބެއްދީއުމުރު ދުވަހު ރައްޔަތުންނާގައުމުސަލާމައް ކޮއް ދެއްވުމައް

0
0
ވ4 މަސް ކުރިން

ކަންބޮޑުވާވާހަކަ ދައްކައްވީމިހާރުތަ އެއީ ތިޔަބަމީހުންގެ ރޭވުމަންތަކެއްނު އަދި ރާޖޭގަ ނެއްސިފައިންނަށް ހަދާގެންއުޅެނިކޮއް ރާޖޭގެ ކަންތަކަ،ް އމަމުރުކޮންމަނާކުރާހިސާބަށްދިޔައީ އަދިވެސް ުނާނެ އިންޑިޔާސިފައިންރާޖޭގަނޫޅޭނެ

0
0
4 މަސް ކުރިން

ކަންބޮޑުވާވާހަކަ ދައްކައްވީމިހާރުތަ އެއީ ތިޔަބަމީހުންގެ ރޭވުމަންތަކެއްނު އަދި ރާޖޭގަ ނެއްސިފައިންނަށް ހަދާގެންއުޅެނިކޮއް ރާޖޭގެ ކަންތަކަ،ް އމަމުރުކޮންމަނާކުރާހިސާބަށްދިޔައީ އަދިވެސް ުނާނެ އިންޑިޔާސިފައިންރާޖޭގަނޫޅޭނެ

0
0
ހަބަރު4 މަސް ކުރިން

ކަލޯމެންލަދުހަޔާކޮބާ ނޮވެންބަރ3ގެހާދިސާ ކޮބާހަދާންނުވޭތަ ކޮވެޑު 19ގާމާހިއްބަލިމީހިކައްވެގެން މީޑިޔާގެވާހަކަދެއްކިޔެއްނުޗޯރޭ

0
0
ހަބަރު4 މަސް ކުރިން

ކަލޯމެންލަދުހަޔާކޮބާ ނޮވެންބަރ3ގެހާދިސާ ކޮބާހަދާންނުވޭތަ ކޮވެޑު 19ގާރާމާހިއްބަލިމީހިކައްވެގެން މީޑިޔާގެވާހަކަދެއްކިޔެއްނުޗޯރޭ

0
0