Wednesday, 9 September 2026
Ads by

ރާއްޖޭން ބައިނަލްއަޤްވާމީ މުބާރާތެއްގެ އެއްވަނަ ހޯދުމަކީ ތާރީޚީ ފަޚުރެއް: ރައީސް

ރާއްޖޭން ބައިނަލްއަޤްވާމީ މުބާރާތެއްގެ އެއްވަނަ ހޯދުމަކީ ތާރީޚީ ފަޚުރެއް: ރައީސް

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ދިވެހިރާއްޖޭން ބައިނަމްއަޤްވާމީ މުބާރާތެއްގެ އެއްވަނަ ހޯދުމަކީ ތާރީޚީ ފަޚުރެއް ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މިފަދައިން ވިދާޅުވީ ފުރަތަމަ ފަހަރަށް ސާފް އިން ކުރިއަށް ގެންދިޔަ ”ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026″ގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދުމާއިގުޅިގެންނެވެ.

ރައީސްގެ ޕޯސްޓްގައި ވިދާޅުވީ ޤައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރީން މި ހޯދި ބޮޑު ކާމިޔާބީގެ އުފަލުގައި މާތްﷲގެ ޙަޟްރަތަށް ޙަމްދު ކުރުން އިސްކުރައްވާކަމަށެވެ.

ހަމަ މިއާއިއެކު ކުޅިވަރުގެ މައިދާނުގައި ދިވެހި ހިތްވަރުގަދަ ދަރީން ހޯދަމުންދާ ރަންވަނަތައް އިތުރުވުމަކީ، ޤައުމުގެ މުސްތަޤްބަލަށް އުޖާލާކަމެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި ވަކީން ޚާއްޞަކޮށް، ކުޅުނު ކޮންމެ މެޗަކުން ވަރަށް ފުރިހަމަ މޮޅަކާއެކު ބައިނަމްއަޤްވާމީ މިފަދަ މުބާރާތެއްގެ އެއްވަނަ ހޯދުމަކީ ތާރީޚީ ފަޚުރެއް ކަމަށާއި، މިއީ ޤައުމީ ރޫޙާއި ޢަޒުމުގައި ހިތްވަރުކޮށް ކާމިޔާބު ހޯދުމުގައި ދެވަނައެއް ނެތް ރީތި ނަމޫނާއެއް ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

ރައީސް ވަނީ ޤައުމީ ފުޓްސަލް ޓީމުގެ ހުނަރުވެރި ކުޅަދާނަ ކުޅުންތެރީންނަށް އައްސަރިބަހާއި ޝުކުރު ތަކުރާރުކުރައްވާފައެވެ.

ތައިލެންޑުގައި ކުރިއަށްދާ މި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭން ހޯދާފައިވަނީ ކުޅުނު ފަސް ވަނަ މެޗުގައި ބޫޓާންގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭން ހޯދާފައިވަނީ ކުރިއަށް އެއް މެޗު އޮއްވައެވެ. ބޫޓާންގެ މައްޗަށް ރާއްޖޭން ކުރި ހޯދުމާއެކު މިހާތަނަށް ކުޅުނު ފަސް މެޗުން ހޯދި 15 ޕޮއިންޓާއެކު ރާއްޖޭން މިވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ.

ބެންކޮކްގެ ނޮންތަބުރީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 3-1ގެ ނަތީޖާ އަކުންނެވެ. މި ނަތީޖާ އާއެކު ރާއްޖެއަށް މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުވެގެން ދަނީ ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށް ހޯދި 15 ޕޮއިންޓާއެކު އެއް މެޗު ކުރިއަށް އޮއްވައެވެ. މި މުބާރާތުގެ ފަހު މެޗުގައި ރާއްޖޭން މި މަހުގެ 26 ވަނަ ދުވަހު ނިކުންނާނީ ސްރީލަންކާ އާއި ދެކޮޅަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި