Ads by
ޚަބަރު
ރައީސް ނަޝީދުގެ ދިރިއުޅުން ވަގުތީގޮތުން ގާނާ އަށް ބަދަލުކޮށްފި

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވުމަށް ޓަކައި، ދިރިއުޅުއްވުން ވަގުތީ ގޮތުން ގާނާ އަށް ބަދަލުކޮށްފިއެވެ.

Ads by Eki Online

މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ވަނީ ސިޔާސީ ކަންކަމުން ވަގުތީ ގޮތުން ދުރަށް ޖެހިވަޑައިގަތުމަށް ނިންމަވައި އެކަން އިއުލާންކުރައްވައިފައެވެ.

ގާނާއަށް ދިރިއުޅުން ބަދަލުކުރިކަން ހާމަކުރައްވާ އެކްސްގައި ރައީސް ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނު އެ ގައުމުގެ ވެރިރަށް އަކްރާއަށް ވަޑައިގެންނެވީ ސީވީއެފްގެ ފުރަތަމަ ޗެއާމާނުގެ ރަސްމީ ޒިންމާތައް އަދާކުރެއްވުމަށް ކަމަށެވެ.

ގާނާ އިން ދަނީ ސީވީއެފްގެ އިދާރާ ހޯސްޓް ކުރައްވަމުން، މި ގައުމުގެ ވެގެންދާނީ ކުރިއަށް އޮތް މަދު އަހަރުތަކުގައި އަޅުގަނޑުގެ މަންޒިލަށް

– ރައީސް ނަޝީދު

ސީވީއެފްއަކީ، 2009 ވަނަ އަހަރު ރާއްޖެއާއި އެހެން 11 ގައުމަކުން އުފެއްދި ފޯރަމްއެކެވެ.

އެ ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރުމަށް ނަޝީދު އެއްބަސްވެ ވަޑައިގެންފައިވާކަން ވެސް ހާމަކުރެއްވީ، ސިޔާސީ މަސައްކަތާއި ދުރަށްޖެހިވަޑައިގެންނެވިކަން އިއުލާންކުރެއްވި ބަޔާނުގައެވެ. އެ ޖަމާއަތުގެ ވަޒީފާގައިހުރެ، ރާއްޖެއަށް ޚިދުމަތް ކުރެވޭނެ ކަމަށާއި މި މަހު އެ މަގާމުގެ މަސައްކަތްތައް ފައްޓަވާނެ ކަމަށް ނަޝީދު ބަޔާނުގައި ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *