Ads by
ޚަބަރު
މިއަދު ދިން ހަމަލާއާއި ގުޅިގެން ޕީޖީގެ ސެކިއުރިޓީ ވަރުގަދަކޮށްފި

މިއަދު ދިން ހަމަލާއާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް އެމްއެންޑީއެފުން ދޭ ސެކިއުރިޓީ ވަރުގަދަކޮށްފިއެވެ.

Ads by Eki Online

މިކަމާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ވިދާޅުވީ ޝަމީމަށް ހަމަލާ ދީފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައި ސައިކަލެއްގައި އައި 2 މީހުން ވެގެން ކަމަށެވެ.

އެ 2 މީހުން ޝަމީމަށް ހަމަލާ ދިނީ ހަތިޔާރު ބޭނުންކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ. މިހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭއިން ފަރުވާ ހޯއްދަވާފައިވާއިރު ޝަމީމް ހާލު މިހާރު ރަނގަޅު ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ވަނީ ޝަމީމަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި، މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާ ކަމަށެވެ. މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ޚިދުމަތުން ތަހްގީގު ކުރަމުން އަންނައިރު ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުވަނީ ޝަމީމްގެ ހާލު ބެއްލެވުމަށް އޭޑީކޭއަށްވެސް ވަޑައިގެންފައެވެ.

ޕީޖީ ޝަމީމަށް ހަމަލާދިނުން ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ އިސް ފަރާތްތަކުން ވެސް ވަނީ ކުށްވެރިކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *