Ads by
ޚަބަރު
ދިވެހި މަަސްދޯންޏަަކަށް އިންޑިޔާ ސިފައިންގެ ބަޔަކު އަރައިފި

ދިވެހި މަަސްދޯންޏަަކަށް އިންޑިޔާ ސިފައިންގެ ބޯޑިން ޓީމަކުން އަރައިފިއެވެ.

Ads by Eki Online

އެމްއެންޑީއެފުން ވިދާޅުވީ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަަސްދޯންޏަަކަށް ބޭރުގެ ޢަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން މަސްދޯންޏަށް އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާތީ އެކަން އެމްއެންޑީއެފުން ބަލަމުންގެންދާ ކަމަށެވެ.

“ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަަސްދޯންޏަަކަށް ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން މަސްދޯންޏަށް އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާތީ އެކަން އެމްއެންޑީއެފްއިން ބަލަމުންގެންދާކަމުގައި ދަންނަވަން،” ސިފައިން ބުންޏެވެ.

އެސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް މިހާރު ދަތުރު ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އދ. މަހިބަދޫ “އަސުރުމާ 3” ދޯންޏަށް އަރާފައިވަނީ އިންޑިއާ އަސްކަރިއްޔާއިންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Ahmed4 ހަފްތާ ކުރިން

ހުރިހާ ގުޅުމެއް ކަނޑާލައި އިންޑިޔާގެ ހުރިހާ ރައްޔިތުން ރާއްޖެއިން ފޮނުވާލަންވީ ހަމަމިހާރު

0
0