Ads by
ޚަބަރު
ފުލުހުންގެ ޚިދުމަތުގެ “ކޮމިއުނިޓީ ފޯރަމް 2024” މަނަދޫގައި ބާއްވައިފި

ކުރިއަށް އޮތް 5 އަހަރަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވައިލުމަށް ހިޔާލުހޯދުމަށް ބާއްވާ “ކޮމިއުނިޓީ ފޯރަމް 2024” ނ. މަނަދޫގައި ބާއްވައިފިއެވެ.

Ads by Eki Online

މި ފޯރަމަކީ ކުރިއަށް އޮތް 5 އަހަރަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވައިލުމަށް ރައްޔިތުންނާއި މުއައްސަސާތަކުގެ ހިޔާލު ހޯދައި މަޝްވަރާކުރުމަށް ބާއްވާ ފޯރަމްތަކުގެ ތެރެއިން ބޭއްވި ފުރަތަމަ ފޯރަމެވެ.

މި ފޯރަމުގައި، ސްޓްރެޓެޖިކް ޕްލޭން އެކުލަވައިލުމަށް ނޯތު ޕޮލިސްގެ ނ. އަތޮޅާއި ރ. އަތޮޅަށް، ކޮމިޝަނަރ އޮފް ޕޮލިސް ކަނޑައަޅުއްވާފައިވާ ސީނިއަރ އޮފިސަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން، ނޯތު ޕޮލިސް ކޮމާންޑަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ އަލީ، ނ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ޝުއައިބް ޢަބްދުއްރަހްމާން، ޅ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އާދަމް އަދި ސްޓްރެޓެޖީ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް އިންސްޕެކްޓަރ އޮފް ޕޮލިސް އާމިނަތު އަޒްމާ ހަސަން ބައިވެރިވެލެއްވިއެވެ.

މީގެ އިތުރުން، މި ފޯރަމުގައި، ނ. އަތޮޅާއި ޅ. އަތޮޅުގެ ރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ސަރުކާރުގެ އެހެނިހެން އިދާރާތަކާއި އެ ދެއަތޮޅުގެ ރަށްރަށުގައި ހަރަކާތްތެރިވާ ޖަމުއިއްޔާތަކާއި ވިޔަފާރިވެރިންނާއި ރަށްރަށުގެ ކަމުވޮށިގެންވާ މީހުން ހިމެނޭހެން 45 މީހުން ބައިވެރިވިއެވެ.

މި ފޯރަމުގައި، މުޖުތަމައުގައި ހުރި ކަންބޮޑުވުންތަކާއި މައްސަލަތަކާމެދު މަޝްވަރާކުރުމާއި، މުޖުތަމައުއިން އިސްކަންދޭންޖެހޭ ކަންކަން ފާހަގަކޮށް ފުލުހުންގެ ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، ފުލުހުންނާއި ރައްޔިތުންގެ ގުޅުން ރަނގަޅުކޮށް އިތުބާރު އުފެއްދުމަށްޓަކައި ދެފަރާތް ގުޅިގެން ސްޓްރެޓެޖީ އެކުލަވައިލުމުގެ މަސައްކަތްކޮށްފައިވެއެވެ.

ފުލުހުންގެ ޚިދުމަތް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށްޓަކައި ގާއިމުވެފައިހުރި އުސޫލުތަކާއި ސިޔާސަތުތަކާއި އަދި ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މިި ފޯރަމްގައި މައުލޫމާތު ދީފައިވެއެވެ.

 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *