Wednesday, 9 September 2026
Ads by

ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް މިރޭ ފަށަނީ

ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް މިރޭ ފަށަނީ

ރޯދަ ހަދިޔާގެ ގޮތުގައި ރާއްޖޭގެ ހުރިހާ ގޭބީސީތަކަށް ސަރުކާރުން ދެއްވާ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިރެއިން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް، ސިޓީސް މިނިސްޓްރީން ހާމަކޮށްފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން ސިޓީސް މިނިސްޓަރު، އާދަމް ޝަރީމް އުމަރު މީގެ ކުރިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތީއްސުރެ، ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެވެސް މިންވަރެއް ސަރުކާރުގެ ފަރާތުން ހަދިޔާކުރައްވަމުން ގެންދަވާ ކަމަށެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް، ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް 48 ދަޅު ހިމެނޭ މަސްދަޅު ކޭސް ބެހުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

މަސްދަޅު ކޭސް ނެގުމުގައި އެއްވެސް ފަރާތަކުން ކިއުގައި ޖެހެން ނުޖެހޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ. އެގޮތުން މި އަހަރު ވެސް ޕޯޓަލް މެދުވެރިކޮށް މި އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރުމަށް ރާވާފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު 08:30 އިން ފެށިގެން 11:00 އާއި ހަމައަށެވެ. އަންނަ މަހުގެ 11 ވަނަ ދުވަހުގެ ކުރިން މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް އެއްކޮށް ނިންމާލުމަކީ އަމާޒެއް ކަމަށް މިނިސްޓަރު ޝަރީފް ވަނީ ވިދާޅުވެފައެވެ.

މަސްދަޅު ކޭސް ބެހުމުގައި މާލެ ސިޓީގައި ބަލާ ހަމައަކީ، ގޭބިސީގެ ގޮތުގައި ވަކި ކަރަންޓު މީޓަރު ނަންބަރެއް ލިބިފައިވާ ކޮންމެ ބަޔަކީ ވެސް ވަކި ގޭބިސީއެއް ކަމަށެވެ. އަތޮޅުތެރޭގެ ރަށްރަށުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމުގައި ބަލާ ހަމައަކީ، އެ ރަށެއްގެ ގޭބިސީތަކުގެ ލިސްޓުގައިވާ ގޮތުގެ މަތިން މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި ވަގުތު އެކަނި ވެސް މާލޭ ސަރަހައްދުގައި 61،755 ގޭބިސީ ރަޖިސްޓްރީ ކޮށްފައިވެއެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުގައި 56،918 ގޭބިސީ ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އެހެން ކަމުން މުޅިއެކު 118،673 ގޭބިސީއަކަށް މި އަހަރު މަސްދަޅު ކޭސް ލިބުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭ ސަރަހައްދުގައި ޖުމުލަ 15 ތަނަކުން މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އެއީ:

  • މިފްކޯ މަރުކަޒު
  • ސޯޝަލް ސެންޓަރު
  • އެމްޓީސީސީ ސޯމިލް
  • ހެންވޭރު ބޯޅަ ދަނޑު
  • ގަލޮޅު ބޯޅަ ދަނޑުގެ ހަތަރު ފަރާތް
  • އުމަރު ޒާހިރު ބިލްޑިންގ
  • ޕޮލްކޯ ޓަވަރު
  • މުހައްމަދު ގާސިމް ޕްރީސުކޫލް
  • ކާމިލް ދީދީ ސްކޫލް
  • ހިޔާ ޓަވަރު 10
  • ވިނަރެސް ފްލެޓް
  • ވިލިމާލޭ ވެމްކޯ ސައިޓް

މިކަމާ ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، 7741446 ނަންބަރަށް ގުޅުއްވާ ޝަކުވާ ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި