Ads by
ޚަބަރު
ޕާކިން ސްލޮޓްތަކާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

މާލޭގެ މަގުމަތިން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ކުއްޔަށް ދޫކުރި ޕާކިން ސްލޮޓްތަކާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާލެސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

Ads by Eki Online

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކުއްޔަށް ދޫކުރި ޕާކިން ޖާގަތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ޝަކުވާއެއް އޮތްނަމަ އެކަން ހިއްސާކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ޕާކިން ސްލޮޓް ލިބުނު މެސެޖަށްފަހު އިތުރު މުއާމަލާތެއް ނުކުރާ ފަރާތްތައް، ޕާކިން ސްލޮޓް ލިބުނުކަން އެންގުމަށްފަހު އެއްބަސްވުން ނަހަދާ ފަރާތްތައް އަދި ޕާކިން ސްލޮޓްތަކާއި ގުޅޭ އިތުރު ޝަކުވާތައް ހުށަހެޅުމަށްވަނީ ހުޅުވާލައިފައެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ 29 ޖަނަވަރީން ފެށިގެން 5 ފެބުރުވަރީގެ ނިޔަލަށް ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ ކައުންސިލްގެ ވެބްސައިޓުގައިވާ ޝަކުވާ ހުށަހަޅާ ޕޯޓަލް މެދުވެރިކޮށް އަދި އާއްމު ހިދުމަތްތަކާ ބެހޭ ބަޔަށް ލިޔުމުން ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.

މިހާރުގެ ރައީސް މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރަކަށް ހުންނެވިއިރު ވަނީ މާލޭ މަގުތަކުން ޕާކިން ސްލޮޓުތައް ކުއްޔަށް ދޫކޮށްފައެވެ. ނަމަވެސް، އޭރު އެކަން ކުރި ގޮތުން ވެސް ގިނަ ބައެއްގެ ފާޑުކިޔުން ސިޓީ ކައުންސިލަށް އަމާޒުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *