Ads by
ޚަބަރު
މަޖިލިސް އިންތިޚާބުގައި ޑިމޮކްރެޓްސް އިން ވާދަކުރާނީ 41 ދާއިރާއަށް

މާޗުމަހު އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރަން ހުޅުވާލި ފުރުސަތުގައި 41 ދާއިރާއަކަށް ވާދަކުރުމަށް ފޯމު ހުށައަޅާފައިވާކަމަށް އެޕާޓީން ބުނެފިއެވެ.

Ads by Eki Online

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދި ދަ ޑިމޮކްރެޓްސްއިން ވަނީ އެ ޕާޓީގެ ޓިކެޓުގައި މަޖިލިހަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 4 ވަނަދުވަހު ހުޅުވާލާފައެވެ.

މީގެކުރިން ޑިމޮކްރެޓްސްއިން ބުނެފައި ވަނީ މަޖިލިސް އިންތިހާބުގައި މެމްބަރުން އިންތިހާބުކުރުމަށް ހަމަޖެހިފައިވާ 93 ދާއިރާއަށްވެސް އެ ޕާޓީން ވާދަކުރާނެކަމަށެވެ. ނަމަވެސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު އާދީއްތަދުވަހު ހަމަވިއިރު، ޓިކެޓް ހޯދުމަށް އެދި ހުށަހެޅީ 41 ދާއިރާއަކަށް 46 ކެންޑިޑޭޓުންކަމަށް އެ ޕާޓީން ބުނެއެވެ. އޭގެތެރޭގައި ހިމެނެނީ 13 އަންހެނުންނާއި 33 ފިރިހެނުންކަމަށް ޑިމޮކްރެޓްސްއިން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު އޮންނަނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *