Ads by
ޚަބަރު
ޕެނަޑޯލް ބޭނުންކުރުން ހުއްޓައިލަން އަންގައިފި

ދިވެހީން އާންމު ގޮތެއްގައި ބޭނުންކުރަމުން އަންނަ ޕެނަޑޯލާ ގުޅޭގޮތުން މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ހަދަމުން އަންނަ ޓެސްޓުތަކަކާ ގުޅިގެން އެ ބޭސް ބޭނުންކުރުން މިހާރަށް ހުއްޓައިލުމަށް އެ އޮތޯރިޓީން މިއަދު އަންގައިފިއެވެ.

Ads by Eki Online

މިއަދު އެމްއެފްޑީއޭ އިން އާއްމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ބޭނުންކުރާ ބޭހުގެ ފެންވަރު ބެލުމަށްޓަކައި ކުރި ދިރާސާއެއްގައި ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ, ބޭސް. ގުޅައިގެ ވަށައިގެން ބައެއް ތަންތަނުން ނެއްޓިފައިވާކަމަށެވެ. މިގޮތަށް ދިމާވަނީ ބޭސް އުފެއްދުމުގައި ނުވަތަ ރައްކާތެރި ކުރުމުގައި ގެންގުޅެން ޖެހޭ މިންގަނޑުން ކަންތައް ނުކުރުމުން ކަމަށް އެ ދިރާދާއިން ބުނެއެވެ.

އެމްއެފްޑީއޭ އިން ބުނީ އެ އޮތޯރިޓީން އަންގަންދެން, ފާމަސީތަކުންނާއި, އާއްމު ފިހާރަތަކުން މި ބޭސް ނުވިއްކަން އަންގާ ކަމަށެވެ. އަދި އެ އިދާރާއިން ކުރިޔަށް ގެންދާ ތަހްލީލެއް ނިމެންދެން އެ ބޭހަކީ ރާއްޖޭގައި “ރެސްޓްރިކްޓެޑް” ބޭހެއް ކަމަށް ވަނީ ނިންމާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *