Saturday, 24 October 2026
Ads by

ބީއެމްއެލްއާ ހަވާލުކޮށްގެން 3،272 ފްލެޓްގެ މަސައްކަތް މިމަހު ފަށަނީ

ބީއެމްއެލްއާ ހަވާލުކޮށްގެން 3،272 ފްލެޓްގެ މަސައްކަތް މިމަހު ފަށަނީ

ގްރޭޓަރ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ހަވާލުކޮށްގެން ތަރައްގީކުރާ 3،272 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިފަދައިން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Ad Image
Ads by

ރައީސް މުޢިއްޒުގެ ސަރުކާރުން މިއަހަރުގެ ތެރޭގައި ޖުމްލަ 12،000 ހައުސިން ޔުނިޓެއްގެ މަސައްކަތް ފެށުމަށް އަމާޒު ހިފާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ބީއެމްއެލްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ އޭގެ ތެރެއިން އެންމެ ފުރަތަމަ ޢަމަލީ މަސައްކަތް ފެށޭ މަޝްރޫޢު ކަމަށެވެ. މަޝްރޫޢު މިމަހު ފެށިގެންދާއިރު އެ ފޭސްގައި 3،300 ހައުސިން ޔުނިޓް އަޅަން ސަރުކާރުން ވަނީ ނިންމާފައެވެ.

 

5-6% ކުޑަ ޕްރޮފިޓް މާޖިންއެއްގައި ބޭނުންކުރަން މި މަސައްކަތް ކުރަނީ. މި 3300 ޔުނިޓްގެ މަސައްކަތް ބާރަށް ކުރިއަށްދޭ. މި މަސައްކަތުގެ ސައިޓް މަސައްކަތް މިމަހު ފަށާނެ. 2 އަހަރުން މަސައްކަތްތައް ނިންމާ މީހުން ވެއްދޭނަކަމަށް އުއްމީދަކީ. މުއްތަލިބް ވިދާޅުވިއެވެ.

 

މި މަޝްރޫޢުގެ ދަށުން ވިލިމާލޭގައި 312 ޔުނިޓް، ހުޅުމާލެ ފޭސް 1 ގައި 546 ޔުނިޓް އަދި ހުޅުމާލެ ފޭސް 3 ގައި 2،414 ޔުނިޓް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުން ބޭންކުތަކުގެ އެހީގައި މި މަސައްކަތް ކުރަން ޖެހުނީ އިގްތިސާދީ ހާލަތު ހުރިގޮތުން ބޭރުގެ ލޯނު ހޯދުމުގައި ހުރި ދަތިތަކާ ހުރެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ސަރުކާރުން އުންމީދަކީ މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ ފްލެޓްތައް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމައި، މީހުންނަށް ދިރިއުޅެން ފެށޭވަރު ވުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި