Ads by
ޚަބަރު
ރަސްމާލޭގައި 15،000 ފްލެޓް އަޅަން ޗައިނާގެ ކުންފުންޏަކުން ޝައުގުވެރިވެއްޖެ

ރާއްޖެ އަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމުގެ އަމާޒުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަށާފައިވާ އެންމެ މުހިންމު އެއް މަޝްރޫއު ކަމުގައިވާ ރަސްމާލޭގައި 15،000 މޮޑިއުލަށް ހައުސިން ޔުނިޓް އަޅަން ޗައިނާގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

Ads by Eki Online

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް ވިދާޅުވީ ފްލެޓު އަޅަން ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކޮމްޕެނީ (ސީއެސްސީއީސީ) އިން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ. ސީއެސްސީއީސީއަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ ފްލެޓުތައް އެޅި ކުންފުންޏެވެ.

އެ ކުންފުނިން ރާއްޖޭގައި އެހެން ބައެއް މަޝްރޫއުތައް ވެސް ވަނީ ފުރިހަމަކޮށްފައިވެއެވެ. އެ އާއިއެކު އިކޮނޮމިކް ކައުންސިލުން ނިންމާފައި ވަނީ ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީއާ ގުޅިގެން މި މަޝްރޫއުގެ ހަރަދާއި ކޮލިޓީއާ ގުޅޭ މަޝްވަރާތައް އެ ކުންފުންޏާއެކު ކުރުމަށް ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

މާލޭގެ ދެކުނަށް އޮންނަ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ “ރަސްމާލެ”ގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 17 ގައެވެ. އެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ އިރު، އެ މަސައްކަތް ކުރުމަށް އާބަންކޯ އިން ހަވާލުކޮށްފައި ވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާއެވެ.

ފުށިދިއްގަރުފަޅުން ހިއްކުމަށް ހަމަޖެހިފައިވާ ޖުމްލަ ބިމަކީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮލުމުން ވާވަރުގެ ތިން ގުނައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *