Ads by
ޚަބަރު
ފުވައްމުލަކުގައި ހިނގި ހަމަނުޖެހުމުގައި ހަތް މީހަކު ހައްޔަރުކޮށްފި
ފުލުހުންނާއި ރައްޔިތުން މެދުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން

ފުވައްމުލަކުގައި ރޭ ހިންގި ހަމަނުޖެހުންތަކެއްގެ ތެރެއިން ހަތް މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Eki Online

ފުލުހުން ބުނީ ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހަކު ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ.

ރައީސް ޞާލިޙް އިއްޔެ ފުވައްމުލަކަށް ވަޑައިގެންނެވި ވަގުތު އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ މެންބަރުންތަކެއް ވަނީ އެމަނިކުފާނާ ދެކޮޅަށް ނިކުމެ އިހްތިޖާޖުކޮށްފައެވެ. މި އިހްތިޖާޖުގެ ތެރެއިން ޕީޕީއެމްގެ ފުވައްމުލަކު އުތުރު ދާއިރާގެ ރައީސް މުހައްމަދު ތޯރިގު އަހްމަދާއި، ޕީޕީއެމްގެ ދަޑިމަގު ސްޓިއަރިން ކޮމިޓީގެ ރައީސް މުހައްމަދު ޝަރަފުއްދީން ވަނީ ހައްޔަރުކޮށްފައެވެ.

މި ހަމަނުޖެހުން ފެށުނީ ފުވައްމުލަކުގައި އެމްޑީޕީއިން ރޭ ބޭއްވި ރައީސް ޞާލިޙްގެ ކެމްޕޭން ޖަލްސާ ނިމި އޭގެ ކުޑަވަގުތުކޮޅެއް ފަހުން އެ ސަރަހައްދުގައި ތިބި ބަޔަކު ފުލުހުންނާ ދިމާލަށް ގާއުކުމުން އެ މީހުން މައިތިރިކުރަން ފުލުހުން މަސައްކަތް ފެށުމާ އެކުއެވެ.

މަންޒަރު ތަކުން ފެންނަގޮތުގައި ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށް ޕޭޕަރ ސްޕްރޭވެސް ޖަހާފައެވެ. މި ހަމަނުޖެހުންތަކުގައި އާންމުންނަށާއި ފުލުހުންނަށް ވަނީ އެކިވަރުގެ އަނިޔާތައްވެސް ލިބިފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *