Wednesday, 9 September 2026
Ads by

ދީނަށް ފުރައްސާރަކޮށް ކުރެހި ކާޓޫނު ފޮހެލަން މީޑިއާ ކޮމިޝަނުން އެންގުމުން އަދަދުން ހުއްޖަތް ދައްކަނީ!

ދީނަށް ފުރައްސާރަކޮށް ކުރެހި ކާޓޫނު ފޮހެލަން މީޑިއާ ކޮމިޝަނުން އެންގުމުން އަދަދުން ހުއްޖަތް ދައްކަނީ!

އަލަށް އެކުލަވާލި މީޑިއާ ކޮމިޝަންގެ މެންބަރުން.

އަދަދު ނޫހުން އިސްލާމްދީނަށް ހަޖޫޖަހާ ކާޓޫނު ކުރަހާ އާންމުކުރި މައްސަލާގައި މީޑިއާކައުންސިލުން އެ ކާޓޫން ކޮންޓެންޓު ފޮހެލާ، އެ ސިލްސިލާ ހުއްޓާލުމަށް އެންގުމުން އެކަން ނުކުރަން އަދަދު ނޫހުން ހުއްޖަތްދައްކާ ދީނަށް ފުރައްސާރަކުރުން ދިފާއުކޮށްފިއެވެ.

Ad Image
Ads by

ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރާ ދެކޮޅު އެޑިޓޯރިއަލް ސިޔާސަތެއް ގެންގުޅޭ ކަމަށް މީގެކުރިން އަމިއްލައަށް އެއްބަސްވެފައިވާ އަދަދު ނޫހުން ސިޔާސީ ފާޑުކިޔުމުގެ ނަމުގައި ވެރިންނަށް ފުރައްސާރަކޮށް ސިޔާސީ ކާޓޫނުތަކެއް ކުރަހަމުން އައިސް އެންމެ ފަހުން މިވަނީ އިސްލާމްދީނަށް ފުރައްސާރަކޮށްފައެވެ. އަދަދުން މިފަހަރު ކުރަހާފައިވަނީ ނަމާދުކުރާ މީހެއްގެ ޖީބުން މީހަކު ފައިސާ ވަގަށްނަގާ ގޮތަށް ހުރި ކާޓޫނެކެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އެ ކޮންޓެންޓަކީ އިސްލާމް ދީނުގެ އަސާސްތަކަށް ފުށުއަރާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށެވެ. އެހެން ކަމުން އެ ކޮމިޝަނުން ވަނީ އެ މައްސަލައާއި ގުޅިގެން 5 ދުވަހުގެ ތެރޭގައި އެ ކޮމިޝަނަށް ޖަވާބުދާރީ ވުމަށް އެ ނޫހަށް އަންގާފައެވެ. އެހެން ނަމަވެސް އަދަދުނޫހުން ދީނަށް ފުރައްސާރަކުރިކަން ޤަބޫލުނުކޮށް ތަފާތުއެކި ހުއްޖަތްދައްކާ މިކަން ވަނީ ދިފާއުކޮށްފައެވެ.

ނަމާދު ކުރާއިރު ކޮރަޕްޝަން ފައިސާ ބަހާކަން ދޭހަވާ ފަދަ ގޮތަކަށް އާއްމު ކުރި ”ކާޓޫން“ އެއް ނެގުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އެންގުމާ ގުޅިގެން އަދަދު ނޫހާއި އެނޫހަށް ވާގިދޭ އިދިކޮޅު ސިޔާސީ މަދު ބަޔަކު ސަރުކާރަށް ފާޑުކީނަމަވެސް، ގިނަބަޔަކު ދަނީ އަދަދުގެ މި ޢަމަލު ކުށްވެރިކޮށް އަދަދުނޫހަށް ހަރުކަށި ފިޔަަވަޅުއަޅަން ގޮވާލަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު