Ads by
ޚަބަރު
އިސްލާމިކް މިނިސްޓަރު ޝަހީމަށް ވެސް ރުހުން ނުދޭން މަޖިލީހުން ނިންމައިފި!

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ވެސް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

Ads by Eki Online

ރައްޔިތުންގެ މަޖިލީހުގައި ދެންމެ ނެގި ވޯޓުގައި ޝަހީމަށް ރުހުން އޮތް ކަމަށް 30 މެންބަރުން ވޯޓު ވަނީ ދީފައެވެ. ނުފެންނަ ކަމަށް 31 މެންބަރުން ވޯޓު ދެއްވިއެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވާ 8 މެންބަރުން ތިއްބެވިއިރު ފާސްވުމަށް 35 ވޯޓު ބޭނުންވެއެވެ.

ޝަހީމް ފާހަގަ ވެގެން ގޮސްފައިވަނީ މި ސަރުކާރުގެ އެންމެ ހިންގުންތެރި އެއް ވަޒީރެވެ.

ރުހުން ނުދޭން ނިންމީ ޝަހީމުގެ އިތުރުން އެޓާނީ ޖެނަރަލް އަހުމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް ގައި ހިމެނޭ 22 ވަޒީރުންނަށް ރުހުން ދިނުމާމެދު ފެންނަ ގޮތެއް ނިންމުމަށް މަޖިލީހުގައި މިއަދު ނެގުނު ވޯޓް ގައި 3 ވަޒީރުން ފިޔަވާ އެހެން ހުރިހާ ވަޒީރުންނަށް ރުހުން ދޭން ވަނީ ފާސްކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

އަލީ ބިން ޔޫސުފް5 މަސް ކުރިން

الحمدلله އިސްލާމް ދީނަށް ނަސްރު ލިބުނު ދުވަހެއް! ވިޔަފާރިވެރިޔަކު މިނިސްޓްރީއާއި ހަވާލުވެ ހައްޖު ޒަކާތް ފަދަ ރުކުންތައް އަމިއްލަ ޖީބަށްލާ ހުސްނުވަނީސް ސަލާމަތްވި ދުވަހެކެވެ.

0
0