Ads by
ޚަބަރު
ބަންޑާރަ ނައިބު އުޝާމް އަށް ރުހުން ނުދޭން ފާސްކޮށްފި

ބަންޑާރަ ނައިބު އަހުމަދު އުޝާމް އަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

Ads by Eki Online

ރައްޔިތުންގެ މަޖިލީހުގައި ދެންމެ ރުހުން ދިނުމަށް ނެގި ވޯޓުގައި އުޝާމަށް ރުހުން އޮތް ކަމަށް ވޯޓު ދެއްވީ 24 މެންބަރުންނެވެ. ރުހުން ނެތް ކަމަށް 44 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުޝާމް ވިދާޅުވީ އޭނާގެ ވަޒީފާގެ ހައިސިއްޔަތުން ޕްރޮފެޝަނަލީ ނިންމާފައި އޮތް އެއްވެސް ނިންމުމަކާ ގުޅިގެން ރުހުން ދޭން ނުޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.

މިއީ ޒާތީ ކަމެއް. ޒާތީ ގޮތުން ޖައްސާލާ ސަރުކާރު ބަލިކަށިކުރުމުގެ ނިޔަތުގަ ކުރާ ކަމެއް. މިކަހަލަ ކަންކަމުން ސަރުކާރު ބަލިކަށި ވެސް ނުކުރެވޭނެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ގަދަކޮށް

– އުޝާމް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް ގައި ހިމެނޭ 22 ވަޒީރުންނަށް ރުހުން ދިނުމާމެދު ފެންނަ ގޮތެއް ނިންމުމަށް މަޖިލީހުގައި މިއަދު ނެގުނު ވޯޓް ގައި މި 3 ވަޒީރުން ފިޔަވާ އެހެން ހުރިހާ ވަޒީރުންނަށް ރުހުން ދޭން ވަނީ ފާސްކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *